ރައީސް ޔާމީން އައްޑު އަތޮޅު ހުޅުދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
14 Nov 2022 | 15:36
ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ދިޔަ ފެނަކަ މުވައްޒަފަކު ސަސްޕެންޑް ކުރި މައްސަލައެއް

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ދާދިފަހުން އައްޑޫ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ދިޔަ ފެނަކައިގެ މުވައްޒަފަކު ސަސްޕެންޑްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. 

މިކަން ހާމަކޮށް ހުޅުމާލޭ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވަނީ، އެ މުވައްޒަފު ސަސްޕެންޑު ކުރިކަން އަންގައި ފެނަކައިން ފޮނުވި ސިޓީ ގެ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ. 

އެ ސިޓީގައި ވާގޮތުން ފެނަކަ އިން ސަސްޕެންޑް ކޮށްފައި ވަނީ އެކުންފުނީގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ދީދީގެ ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާއަށް ފެނަކައިން ފޮނުވި ސިޓީގައި ބުނެފައި ވަނީ މުހައްމަދު ދީދީގެ މައްސަލައެއް ތަހްގީގު ކުރަމުން ގެންދާތީ މިއަދުން ފެށިގެން 30 ދުވަހަށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ފެނަކައިން ފޮނުވި ސިޓީގައި އޭނާ ސަސްޕެންޑް ކުރި ސަބަބު އެ ހާމަކޮށްފައި ނުވި ނަމަވެސް ޝުޖާއު ކުރެއްވި ޓުވީޓުގައި އޭނާ ވަނީ އެ މުވައްޒަފު ސަސްޕެންޑު ކުރީ ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ދިޔުމުން ކަމަށް ތުހުމަތު ކުރައްވާފައެވެ. 

ކޮންމެ ދިވެހިރައްޔިތަކަށް އެމީހަކު ތާއިދުކުރާ ފިކުރަކަށް، ޕާޓީ އަކަށް ނުވަތަ ލީޑަރަކަށް ތާއީދު ކުރުމުގެ މިނިވަންކަން ”ތައްމިނަށް“ލިބިގެންދާނެ-ޖަޒީރާ މެނިފެސްޓޯއެއް މި ސަރުކަާރުން އެކުލަވާލައިފައިވާއިރު އެ މެނިފެސްޓޯ ތަންފީޒް ނުކުރެވޭ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ އަދުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. 

"ފެނަކާގެ ވެރިން ދަންނަންވީ މިކަން މިނިމެނީކަން. ކޮށްފައިވާ ވައްކަންތައް ބަލަން އަހަރެމެން ތިޔަ ތަނަށް ވަންނާނެކަން. ބަދަލު ހިފުމުގެ ރޫހަކުނޫން. ޤައުމު ސަލާމަތް ކުރުމުގެ ރޫހުގަ. އަނިޔާވެެރި ނުވޭ. މެނިފެސްޓޯ ތަންފީޒުކުރޭ. ގޯސް ނުހަދާ. ހައްޤުގެއްލޭ ހުރިހާ އެންމެންގެ ހައްގުތައް ހޯދައިދޭނަން" ޝުޖާއު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ