ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް
ދުނިޔެ
14 Nov 2022 | 16:08
ސައުދީގެ މިސްކިތް ތަކުގައި އިސްތިސްގާ ނަމާދު ކުރަން އަންގައިފި

ސައުދީ އަރަބިއްޔާގެ މިސްކިތް ތަކުގައި އިސްތިސްގާ ނަމާދު ކުރަން އަންގައިފިއެވެ. 

ސައުދީ އަރަބިއްޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމަށް ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން، ދެ ޙަރަމްފުޅު ހިމެނޭހެން ބޮޑެތި ހުރިހާ މިސްކިތެއްގައި އިސްތިސްގާ ނަމާދު ކުރުމަށް ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ އަންގަވާފައެވެ. 

އެގޮތުން، އިސްތިސްގާ ނަމާދު ކުރުމަށް އަންގާފައިވަނީ 23 ރަބީއުލް އާޚިރު ވާ ބުރާސްފަތި ދުވަހު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 

ސައުދީ އަރަބިއްޔާއަކީ، ހަނަފަސް ސަހަރާތަކާއި، ފަރުބަދަތަކުގެ މައްޗަށް އެކުލެވޭ ގައުމަކަށް ވާއިރު، އެގައުމަށް ވާރޭ ވެހެނީ ވަރަށް ދޭތެރެ ދުރުކޮށެވެ.

ވާރޭ ނުވެހި ގިނަދުވަސްވެގެން 2019 އަހަރުގެ ޑިސެމްބަރު މަހާއި، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަދި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް މައްކާގައި ހުންނަ މާތްވެގެންވާ މަސްޖިދުލް ޙަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ބޮޑެތި ހުރިހާ ރަށްތަކެއްގެ މިސްކިތްތަކުގައި އިސްތިސްޤާ ނަމާދުކުރިއެވެ.

އިސްތިސްޤާ ނަމާދަކީ ކަންކަމަށް އެދި މާތްރަސްކަލާނގެ ގެ ހަޟްރަތުގައި ދެންނެވުމުގެ ގޮތުން ކުރާ ޚާއްސަ ސުންނަތް ނަމާދެކެވެ. މި ނަމާދަށްފަހު ޚާއްސަ ޚުތުބާއެއް އިއްވައެވެ. އަދި އެދޭކަމެއްގެ މައްޗަށް ބިނާކޮށް ޚާއްސަ ދުއާއެއް ކުރެއެވެ.

ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުން، ވޭރޭ ވެހުމަށް އެދި އިސްތިސްޤާ ނަމާދުކުރުމަކީ އިސްލާމީ ހުރިހާ ގައުމެއްގައިވެސް ކޮށްއުޅޭ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.