ދީނީ ޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރު
ހަބަރު
16 Nov 2022 | 09:47
ދީނީ ޕްރޮގްރާމްތައް ހުށަހެޅުމާ ދީނީ ނަސޭހަތް ދިނުމަކީ ދެކަމެއް: ޑރ.އަލީ ޒާހިރު

ދީނީ ޕްރޮގްރާމުތައް ހުށަހެޅުމާއި ދީނީ ނަސޭހަތް ދިނުމަކީ ދެކަމެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިޔާ ޑރ ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. 

ޖަމިއްޔަތުއްސަލަފުގެ ޗީފް މާކެޓިންގ އޮފިސަރ އަދި ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރ ޢަލީ ރަމީޒަކީ ދީނީ ޢިލްމް ވެރިއެއް ނޫން ކަމަށްބުނެ، އޭނާ ދައުވަތުގެ މައިދާނުގައި ކުރައްވަމުން ގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރަކާއި ގުޅިގެން ޑރ. ޢަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދީނީ ޕްރޮގްރާމުތައް ހުށަހެޅުމާއި ދީނީ ނަސޭހަތް ދިނުމަކީ ދެކަމެއް ކަމަށެވެ. 

އަދި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބޭނުންވާނީ އެކަން ކުރާމީހުންނަށް ކަން ފާހަގަކުރައްވައި ޑރ. ޢަލީ ޒާހިރު ވިދާޅުވީ، ޢަލީ ރަމީޒަކީ ދީނީ ނަސޭހަތް ދެއްވާ ބޭފުޅެއް ނޫން ކަމަށެވެ. 

ޢަލީ ރަމީޒާއި ގުޅޭގޮތުން އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރުގައި ވަނީ އޭނާ އަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ނެތް މީހެއް ނަމަވެސް ރަށްރަށަށް ގޮސް ދީނީ ނަސޭހަތްދީ އޭނާގެ ނަން ބޭނުން ކޮށްގެންވެސް ހަރަކާތް ބާއްވާ ކަމަށެވެ. އަދި ދީނީ ޗެނަލެއް ކަމުގައިވާ ދާރިސް ޓީވީ ގައިވެސް ޢަލީ ރަމީޒު މަސައްކަތް ކުރައްވާ ކަން އެ ޚަބަރުގައި ފާހަގަކޮށްފައިވެއެވެ. 

އެ ނޫހުން އެފަދައިން ރިޕޯޓް ކޮށްފައިވީ ނަމަވެސް، ޖަމިއްޔަތުއްސަލަފްގެ ފަރާތުން ރަށްރަށުގައި ހިންގާ ޕްރޮގްރާމް ތަކުގައި ޢަލީ ރަމީޒު ބައިވެރިވި ނަމަވެސް ދަރުސްތައް ދެއްވަނީ ދީނީ ހުއްދަ ލިބިފައިވާ ދީނީ ޢިލްމުވެރިންނެވެ. އަދި ދީނީ ފޯރަމް ތަކާއި ޕްރޮގްރާމް ތައް ހުށަހެޅުމުގައި އޭނާ ބައިވެރިވާ ނަމަވެސް އެފަދަ ޕްރޮގްރާމްތަކުގައި ވެސް ދަރުސް ދެއްވަނީ ދީނީ ޢިލްމު ވެރިންނެވެ. 

އަދި މީގެ އިތުރުން، ޢަލީ ރަމީޒާއެކު ނަމުގައި ރަށް ރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމަކީވެސް ދީނީ ދަރުސް ދޭ ޕްރޮގްރާމެއް ނޫނެވެ. އެހެނެއްކަމަކު އެއީ އޭނާގެ ޙަޔާތާއި ގުޅޭ ކަންކަމާއި، މިއުޒިކުގެ ދުނިޔެއިން ހިދަޔާތުގެ މަގަށް އޭނާ ކުރި ދަތުރުގެ ވާހަކަތައް ކިޔައިދޭ ޕްރޮގްރާމެކެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.