ސީޓީ ތާވަލުގެ 1 ވަނައަށް

30 Sep 2018 | 05:58

ބްރައިޓަންކޮޅަށް ސްޓަރލިން އަދި އަގުއޭރޯ ޖަހައިދުން ގޯލްތަކުން މެންޗެސްޓަރ ސިޓީ ތާވަލުގެ 1 ވަނައަށް އަރައިފިއެވެ. ފެށިގެން ނިމެން ދެންވެސް މުޅި މެޗް ކޮންޓްރޯލްކޮށްފައިވަނީ ސިޓީއިންނެވެ. ސިޓީގެ ފަރާތުން ފެނުނު ގޯލްތައް ޖަހާފައިވަނީ މެޗުގެ 29 އަދި 65 ވަނަ މިނެޓުގައެވެ.

މުޅި މެޗުގައިވެސް ބްރައިޓަންއަށް ސިޓީގެ ގޯލަށް ހަމަލާއެއް އަމާޒުކޮށް ލެވިފައިވަނީ އެންމެ ފަހަރަކުއެވެ.

ސިޓީ އަދި ލިވަޕޫލަށް 19 ޕޮއިންޓް ލިބިފައިވާއިރު ސިޓީއަށް ތާވަލުގެ 1 ވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. 3 ވަނައިގަ އޮތީ 17 ޕޮއިންޓާއެކު މި ސީޒަނުގައި ވަރަގުދަ ކުޅުމެއް ދައްކަމުންދާ ޗެލްސީއެވެ. 

Advertisement

ކޮމެންޓް

Advertisement