މެމްބަރު ޝިޔާމު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
16 Nov 2022 | 12:00
ޓެކްސް ބޮޑުކުރަނީ މަޝްރޫއުތަކަށްކަމަށް ބުނުމަކީ އޮޅުވާލުމެއް: ޝިޔާމް

ޓެކްސް ބޮޑުކުރުމުގެ މަގްސަދަކީ ރަށްރަށުގައި މަޝްރޫއުތައް ހިންގުންކަމަށް ބުނާ ބުނުމަކީ އޮޅުވާލުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ އޭގެ ސަބަބުން އާންމު ރައްޔިތުންގެ ފުދުންތެރިކަމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއްކަމަށެވެ. 

އެގޮތުން ޓެކްސް ބޮޑުކުރުމުން އަގުތައް އުފުލޭނީ އެންމެ 2 އިންސައްތަ ނޫންކަމަށާއި، އިގްތިސާދީ ދަތި ހާލަތެއް މިހާރުވެސް މުޅި ދުނިޔެ ތަޖުރިބާ ކުރަމުންދާއިރު، ޓެކްސް ބޮޑުކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް ޝިޔާމު ވިދާޅުވިއެވެ. އަދި ޓެކްސް ބޮޑުކުރަނީ މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމަށްކަމަށް ސަރުކާރުން ބުނަމުންދާ ބުނުމަކީ އޮޅުވާލުމެއްކަމަށް ޝިޔާމު ވަނީ ވިދާޅުވެފައެވެ. 

"މިތަނުގައި ވާހަކަދައްކަވާ ބޭފުޅުން މި ވިދާޅުވަނީ އެ ތިން މިލިއަން ރުފިޔާ ތިމަންނާމެން މި ހޯދަނީ ރަށްރަށުގައި ހުރި ތަރައްގީގެ މަޝްރޫއުތަކަށޭ. ނޫން! މަގްސަދު އަޅުގަނޑުމެން ބަލާލައިފިން، ދައުލަތުގެ ރިކަރެންޓު ޚަރަދުތައް ފޫބެއްދުމަށްޓަކައި ނަގާ އެއްޗެއް މީ. މި ފަހަރެއްގައިވެސް ރަށުގައި ހިނގާ ތަރައްގީގެ މަޝްރޫއަށް އެންމެ ފައިސާ ފޮއްޗެއްވެސް ދާނެކަމެއް ނޫން"

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް

ޓެކްސް ބޮޑުކުރުމއި ދެކޮޅަށް މަރުކަޒީ ބޭންކު އެމްއެމްއޭއިންވެސް ވަނީ ލަފާދެއްވާފައެވެ. އެގޮތުން ދުނިޔޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ޓެކްސް ބޮޑުކުރުމަކީ މިހާލަތާއި މުނާސަބު ކަމެއް ނޫންކަމަށް އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަނީ ވިދާޅުވެފައެވެ. 

އެހެން ނަމަވެސް، މިއިން އެއްވެސް ކަމަކަށް ރިއާޔަތްކުރުމެއް ނެތި ރައްޔިތުންގެ މަޖިލީހުން ވަނީ ޓެކްސް ބޮޑުކުރާ ބިލް ފާސްކޮށްފައެވެ.

އެއާއެކު އަންނަ ޖެނުއަރީއިން ފެށިގެން ރައްޔިތުން އަތުން ނަގާ ޓެކްސް 6 އިންސައިން 8 އިންސައްތައަށް ބޮޑުވެގެންދާނެއެވެ. އަދި ޓީޖީއެސްޓީ 16 އިންސައްތައަށް އުފުލިގެންދާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.