އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ވޮއިސް
ވިޔަފާރި
16 Nov 2022 | 13:34
އުރީދޫ ފުޓްބޯޅަ ފޯރި ކެމްޕެއިންގެ ދަށުން ބޮޑެތި އިނާމުތައް ހޯދޭ ފުރުސަތުތަކެއް

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް މަޖާ އަދި ކުލަގަދަ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގްސަދުގައި ތަފާތު އޮފާތަކާއި ޕްރޮމޯޝަންތަކެއް ތައާރަފްކޮށްފި އެވެ.

މި އޮފަރތައް އިއުލާނުކޮށްފައިވަނީ މީޑިއާނެޓާއެކު އިއްޔެ މެންހެޓަން ބިސްނަސް ހޮޓެލްގައި ބޭއްވުނު ޕްރެސް ކޮންފެރެންސްއެއްގައެވެ.

އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިން ޕޯޓްފޯލިއޯގައި ހިމެނެނީ:

1) ވޯލްޑް ކަޕް ޕެކް

ވޯލްޑް ކަޕް ޕެކް އެކްޓިވޭޓް ކޮށްލުމުން މީޑިއާނެޓް އެޕް މެދުވެރިކޮށް މެޗްތައް ބަލާލުމަށް 100 ޖީބީ ޑޭޓާ އާއި މީޑިއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނަށް 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250ރ އަށް ލިބޭނެއެވެ. އުރީދޫ މޮބައިލް އަދި ސުޕަރނެޓް ކަސްޓަމަރުނަނަށް ހާއްސަ މި ޕެކް އެކްޓިވޭޓްކޮށްލެއްވުމުން ފޮނަށް ލިބިވަޑައިގަންނަވާ ކޯޑް އެމް އެސް އެޕްގައި ޖެއްސެވުމުން މޮބައިލް އަދި ސުޕަރނެޓް ވައިފައި މެދުވެރިކޮށް ފޯނު އަދި ޓެބްލެޓް ތަކުގައި މެޗްތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. 

އުރީދޫއިން ބުނީ 18 ނޮވެމްބަރު 2022އިން ފެށިގެން އުރީދޫ އެޕް http://ore.do/app ނުވަތަ *929# އަށް ޑައެލް ކޮށްލައިގެން އެ ޕެކް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ. 

2) ޤަތަރު ރޯމިންގް ޕެކް

ވޯލްޑް ކަޕްގެ ފޯރީގައި ބައިވެރިވަން ނުވަތަ ވޯލްޑް ކަޕް ގެ ދުވަސްވަރުގައި ޤަތަރަށްދާ މީހުންނަށް ޙާއްސަ ރޯމިންގް ޕެކް އެކްޓިވޭޓް ކޮށްލުމުން އެންމެ 1000ރ 1ޓީބީ ޑޭޓާ އުރީދޫ ޤަތަރުގެ 4ޖީ އަދި 5ޖީ ނެޓްވޯކްގައި ބޭނުންކޮށްލެވޭނެއެވެ. މިއީ ޤަތަރުގެ ޑޭޓާ ޕެކްތަކާ އަޅާ ބަލާއިރުގައިވެސް ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގައި ލިބޭނެ ޑޭޓާ ޕެކް ކަމަށް އުރީދޫއިން ބުނެއެވެ. 

މި ޕެކްވެސް 18 ނޮވެމްބަރު 2022އިން ފެށިގެން އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

3) ގޯލާރ އެޕް މެދުވެރިކޮށް ސްކޯ ދިމާކޮށްގެން އަގުހުރި އިނާމްތައް

ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާރ ސްކޯ ދިމާކުރާ އެޕް މެދުވެރިކޮށް އުރީދޫ ފުޓްބޯލް ފޯރި ލީގުގައި ބައިވެރިވެ ވޯލްޑް ކަޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ވަރަށް ޙާއްސް އިނާމް ތަކެއް ހޯދުމުގެ ފުރުސަތުވެސްވެސް ވޯލްޑް ކަޕްގެ މެޗްތައް ފެށުމާއެކު ހުޅުވިގެން ދާނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ލީގުގައި މުޅިން ހިލޭ ބައިވެރިވެވޭއިރު ސްކޯ ގެސް ކުރާ ކޮންމެ ފަހަރަކު 1ރ ޗާރޖްކުރެވޭ ކަމަށްވެސް އުރީދޫއިން ބުނެއެވެ. 

ލީގު ނިމުމުން އެންމެ މަތިން ޕޮއިންޓް ހޯދައިފާއިވާ 7 ފަރަތާކަށް އިނާމު ތަކުގެ ތެރޭގައި ސީ ގިއަރ އަދި ކްރޮސްރޯޑް އިން ވަރަށް ހާއްސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ. 

ގޯލަރ އޕް ޑައުންލޯޑް ކޮށްލުމަށް: http://ore.do/goalr

4) އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް

އަގުހުރި އިނާމުތަކާއެކު މި ވޯލްޑް ކަޕްގެ ފޯރިއާއި ގުޅުވައިގެން ރާއްޖޭގެ 4 ސިޓީ ހިމެނޭހެން އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް އެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފައި. މުބާރާތުގައި ވާދަކޮށްގެން 1 ވަނަ އަށް ހޮވޭ ފަރާތަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.

3 ޑިސެމްބަރު 2022 ގައި ފެށުމަށް ހަމަ ޖެހިފައިވާ މި ޓޯނަމެންޓް ކުރިއަށްދާނީ:

މާލެ ސިޓީ ގައި ހުން  ވީއާރް ކެފޭ ، 

ކުޅުދުފުށި ސިޓީ ގައި ހުންނަ ބައި ކަޅު ކެފޭ 

ފުވައްމުލައް ސިޓީ ގެ ފުވައްމުލައް ސްޓޭޑިއަމް  

އައްޑޫ ސިޓީ ގައި ހުންނަ އިރީދޫ ޝޮޕް

މި މުބާރުތަގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި އިއުލާނު ކުރެވިގެންދާނެއެވެ.

5) ފޭން ޒޯން

އޮފަރތަކާއި ޓޯނަމެންޓްތަކުގެ އިތުރުން މީޑިއާނެޓް އާއި އަދި ކައުންސިލްތަކާއި އެހެނިހެން ޕަރޓްނަރުންނާއި ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އުރީދޫއިން ވަނީ ފޭން ޒޯން ތަކެއް ތައްޔާރުކޮށްފައެވެ. އާއިލާ އާއި ރައްޓެހިންނާ އެކު ނުވަތު ޓީމުތަކުގެ ސަޕޯޓަރުން އެއްވެލައިގެން މެޗްތައް ފޮރީގައި ބަލާލުމުގެ ފުރުސަތު މި ފޭންޒޯންތަކުން ކަސްޓަމަރުންނަށް ފަހި ވެގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަކީ އުފާވެރި އަދި ފޯރި ގަދަ ފުޓްބޯޅަ ފެސްޓިވަލަކަށް އުރީދޫ މޯލްޑިވްސް އިން ހުރިހާ ފަރާތްތަކަށް އެދެއެވެ.

އުރީދޫ ފުޓްބޯލް ފޯރީގެ ދަށުން މިއަދު ތައާރަފް ކުރެވުނު އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/footballfoari ޒިޔާރާތްކުރުމަށް އެ ކުންފުނިން އެދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.