މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ޕީޕީއެމް
ހަބަރު
16 Nov 2022 | 16:09
ސަރުކާރަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ގެއްލިއްޖެ: އިދިކޮޅު

ސަރުކާރުން ހުށައެޅި ޓެކްސް ބޮޑުކުރާ ބިލާއި ދެކޮޅަށް 26 ވޯޓު ލިބުމަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް ގެއްލިފައިވާކަން ދައްކުވައިދިން ކަމެއްކަމަށް އިދިކޮޅުން ބުނެފިއެވެ. 

އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އިދިކޮޅު ކޯލިޝަންގެ ޕީޖީ ގެ ފަރާތުން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މަޖިލީހުގައި މިއަދު ލީ ވޯޓުން ސަރުކާރަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ގެއްލިފައިވާކަން ކަށަވަރުވާކަމަށެވެ. 

ސަރުކާރުން ބޭނުންވާ ގޮތަށް ޓެކްސްއާއި ބެހޭ ބިލު ފާސްކުރުމަށް މެމްބަރުންނަށް ބޮޑެތި ނުފޫޒުތަކެއް ފޯރުވާފައިވާކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި މިއަދު އެ ބިލަށް ވޯޓަށް އެހީވެސް އިތުރު ގޮތެއް ނެތުމުންކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެހެން ނަމަވެސް އާދަމް ޝަރީފު ވިދާޅުވީ ސަރުކާރުގެ ނުފޫޒުތަކަށް ބެލުމެއްނެތި މަސައްކަތް ކުރާނެ މެމްބަރުންތަކެއްވެސް މަޖިލީހުގައި ތިބިކަން މިއަދު ނެގި ވޯޓުން ހާމަވެގެން ގޮސްފައިވާކަމަށެވެ. 

"މި ބިލާއި ދެކޮޅަށް 26 މެމްބަރުން ވޯޓުދެއްވި. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތްކަމުގައި ވިޔަސް މިއީ މިކަމުގައި ރައްޔިތުން ތިބި ގޮތާއި ރައްޔިތުންގެ އަޑު އެއްސެވި 26 މެމްބަރުން. މިއަދުގެ ފްލޯއިން ފެނިގެން ދިޔައީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލިފައިވާކަން"

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް 

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ ޓެކްސް ބިލާއި ގުޅިގެން ނެގި ވޯޓުގައި ބިލާއި ދެކޮޅަށް 26 ވޯޓު ލިބިގެން ދިއުމަކީ އިދިކޮޅަށް ލިބުނު ކުރިއެރުމެއްކަމަށެވެ. 

ކުރިއަށް އޮތް ތަނުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި އިދިކޮޅާއި ގުޅޭ މެމްބަރުން އިތުރުވެގެންދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.