މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ހަބަރު
16 Nov 2022 | 17:25
އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭތީ ނަޝީދު ހުންނެވީ ކޮމްޕްރޮމައިސްވެފައި: އިދިކޮޅު

މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މިހާރު ހުންނެވީ "ކޮމްޕްރޮމައިސް" ވެފައިކަމަށް އިދިކޮޅުން ބުނެފިއެވެ. 

އިދިކޮޅު އިއްތިހާދުގެ ޕާލަމެންޓްރީ ގުރޫޕިގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅަށް މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށް މަޖިލީހުގެ ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާކަމަށެވެ. 

އެހެން ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ އަމަލުތައް ހުންނަ ގޮތުން އެކަމަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާކަމަށް އޭނާ ވިދާޅުވިއެވެ. 

ވާދަވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް މަޖިލީހުގައި އުފައްދާވާދެއްވުމަށް ނަޝީދު މަސައްކަތްޕުޅު ކުރެއްވި ނަމަވެސް މިހާރު އެމަނިކުފާނުވެސް ހުންނަވަނީ ކޮމްޕްރޮމައިސް ވެފައިކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި ނަޝީދު ކޮމްޕްރޮމައިސްވެފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ޕާޓީގެ ތެރެއިން މަސައްކަތް ކުރަމުންދާތީކަމަށް އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ. 

"މިހާލަތުގައި އެނގުވަޑައިގަންނަވާނެ ފަދައިން މަޖިލީހުގެ ރައީސް މިހާރު އެ ހުންނެވީ ހަގީގަތުގައި ކޮމްޕްރޮމައިސް ވެފައި. އެއީ ވަރަށް ގިނަ މެމްބަރުން ނޯ ކޮންފިޑެންސް ވޯޓުގައި ސޮއިކުރައްވާފައި އޮތުމާއި އެކީގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން މަޖިލީސްގެ ރައީސް މިވަގުތު މަޖިލިސްގެ ރައީސް ބޭނުންފުޅުވާ ގޮތަށް އެކަން ކޮށްފިކަމަށް ވާނަމަ މަޖިލީސްގެ ރައީސް ވަކިކުރުމުގެ ބިރު އެބޮތް އުފައްދާފައި"

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް 

އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ގަވައިދާއި އެއްގޮތަށް ގެންދިއުމަށް ރައީސް ނަޝީދަށް ބިރުވެރިކަން އޮތްކަމަށެވެ. އަދި އެ ބިރުވެރިކަން އޮތީ އެމަނިކުފާނު ލީޑް ކުރައްވާ ސިޔާސީ ޕާޓީ އެމްޑީޕީގެ ތެރެއިންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

އެއާއެކު އާދަމް ޝަރީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގެ ފުރުސަތު މިހާރު ރައީސް ނަޝީދަށް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. 

އެހެން ނަމަވެސް މިހާލަތުގައި އެމަނިކުފާނު އިސްތިއުފާ ދެއްވައިފިނަމަ، ނުވަތަ ވަކިވެވަޑައިގެންފިނަމަ އެމްޑީޕީގެ ފަރާތުން ދެން އެމަގާމަށް އިސްކުރާ މީހާ ޔަގީނުންވެސް މަޖިލީހުގައި އިދިކޮޅަށް މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދެއްވާނެކަމަށް އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.