މިނިސްޓަރު އަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ދިޔަރެސް
ހަބަރު
16 Nov 2022 | 17:24
ޓެކްސް ބިލު ފާސްކުރުމަކީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބާރެއް: އަމީރު

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަަށް ހުށެއެޅި ބިލު މަޖިލީހުން ފާސްކުރުމަކީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެން ދިޔަ ބަާރެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީއިން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށައެޅި ބިލު ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

އަމީރު ކުރެއްވި އެ ޓްވީޓުގައި ވިދާޅުވީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް، ޓެކްސް ރޭޓްސް މަޖްލިހުން ފާސްވެގެން ދިޔުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ޙާސިލްކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ބާރެއްކަމަށެވެ. 

ސަރުކާރުން ވަނީ ފާއިތުވި އަހަރުތަކުގައި ދިމާވި، ބޮޑެތި އިޤްތިސާދީ ދަތިތަކުން އަރައިގަނެ ދުނިޔެއަށް މިސާލު ދައްކާފައި ކަމަށާއި، ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެތައް އުމްރާނީ، އިޖްތިމާއީ ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިކަމަށް އަމީރު ވިދާޅުވިއެވެ. 

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅި ބަޖެޓުގައިވެސް ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާއިރު، ސަރުކާރުން ބުނާ ގޮތުގައި ޓެކްސް ބޮޑުކުރުމަށް ނިންމީ ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށެވެ. 

ރައްޔިތުންގެ މަޖިލީހުން ޓެކްސް ބޮޑުކުރުމަށް ހުށައެޅި ބިލު ފާސްކޮށްފައިވަނީ އެ ބިލާއި ގުޅޭގޮތުން ހޫނު ބަހުސްތައް ކުރެވުމަށްފަހުގައެވެ. 

ޓެކްސް ބޮޑުކުރުމާއި ގުޅޭގޮތުން ސަރުކާރު ހިންގާ މއި ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ވިސްނުންވެސް ދެކަފިވެފައިވާއިރު، ސަރުކާރުން އެދުނު ގޮތަށް ޓެކްސް ބިލު ފާސްކުރުމަށް އެމްޑީޕީގެ ޕީޖީގެ ލީޑަރޝިޕުން ވަނީ ވިޕްލައިނެއްވެސް ނެރެފައެވެ. 

އަންނަ ޖެނުއަރީމަހުން ފެށިގެން ރައްޔިތުން އަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު ފާސްވެފައިވާއިރު، މިއާއެކު ޖީއެސްޓީ 6 އިންސައިން 8 އިންސައްތައަށް އަދި ޓީޖީއެސްޓީ 12 އިން 16 ޕަސެންޓަށް އުފުލިގެންދާނެއެވެ. އެއާއެކު ތަނެތީގެ އަގުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.