އުކުޅަހު ސުކޫލު ޕްރިންސިޕަލް ޝަހުލާ ޢިމާދު
ހަބަރު
17 Nov 2022 | 10:19
ނެށުމާއި ދެކޮޅު ހެދި އުކުޅަހު ސުކޫލު ތިން ޓީޗަރުން ސަސްޕެންޑްކޮށްފި!

އުކުޅަހު ސުކޫލު ޕްރީސުކޫލް ދަރިވަރުން ލައްވައި މިއުޒިކާއި އެކު ނަށުވަން ދެކޮޅު ހެދި ދެ ޓީޗަރުން ސަސްޕެންޑްކޮށްފިއެވެ. 

އުކުޅަހު ސުކޫލު ޕްރީސުކޫލު ދަރިވަރުންނަށް ކިޔަވައި ދެމުންދާ އެ ދެ ޓީޗަރުން ސަސްޕެންޑް ކޮށްފައި މިވަނީ، އެ ކުލާސް ތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓެއްގައި މިއުޒިކާއި އެކު ދަރިވަރުން ނެށުވުމަށް އިންކާރު ކުރުމާއި ގުޅިގެން އެ ޓީޗަރުންނަށް އެކި ފަހަރު މަތިން އިންޒާރުވެސް ދިނުމަށްފަހުގައެވެ. 

"ޕްރީ ސުކޫލުގެ ކުދިންގެ މި ކޮންސާޓުގައި މިއުޒިކު ނުލައިވެސް ކުދިންގެ ވަރަށް ގިނަ ހުނަރުތައް ދައްކާލެވޭ ހަރަކާތްތައް ޓީޗަރުން އެބަ ހުރި ރާވާފައި. ބެލެނިވެރިންގެ މެޖޯރިޓީ ބޭނުމެއް ނުވޭ މިއުޒިކް ލައިގެން ކުދިން ނަށުވާކަށް. އެގޮތަށް އެކަން ކުރުވާނަމަ ކުދިން ބައިވެރިވެސް ނުކުރާނެ ކަމަށް ބެލެނިވެރިން ބުނަނީ. ވީއިރު އެތައް ކުދިންގެ ހައްގު ތަކެއް ގެއްލިގެން މިދަނީ. އެކަމަކު ޕްރިންސިޕަލް މި ބޭނުންވަނީ މިއުޒިކާއި އެކު އެކަން ކުރުވަން." މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން އުކުޅަހު ސުކޫލު ޓީޗަރަކު ވޮއިސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. 

މިފަދައިން ޓީޗަރުން އެއްބަސްވެފައި ވަނިކޮށް އެކި ފަހަރު މަތިން ޓީޗަރުންނާއި ބައްދަލުކޮށް ކޮންސާޓުގައި މިއުޒިކު ހިމެނުމަށް އެ ސުކޫލު ޕްރިންސިޕަލް ޝަހުލާ ޢިމާދު ދިޔައީ އަމުރު ކުރަމުންނެވެ. އަދި މިއުޒިކާއި ނުލައި ދަރިވަރުން ލައްވައި ނަށުވަން ތައްޔާރު ކަން ޓީޗަރުން ބުނަމުން ދިޔައިރުވެސް ޕްރިންސިޕަލް ވަނީ މިއުޒިކާއި އެކު އެ ކޮންސާޓުގެ ނެށުން ކުރިއަށް ގެންދިޔުން ނޫން އިތުރު "ޗޮއިސް" އެއް ޓީޗަރުން ނަށް ނެތް ކަމަށާއި، އެއީ ކަރިކިއުލަމް ގައިވެސް ބުނެފައިވާ ގޮތް ކަމަށާ، އެގޮތަށް ޢަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ. 

އިންޒާރުތަކާއި އެކުވެސް، ކަރިކިއުލަމްގައި އެފަދައިން މިއުޒިކާއި އެކު ކުދިން ލައްވައި ނެށުވުން މަޖުބޫރު ނޫން، ކަމަށާ، އެއީ އޮޕްޝަން އެއް ކަމަށް ޓީޗަރުން ބުނަމުން ދިޔައިރު، ޕްރިންސިޕަލް ބުނަމުން ދިޔައީ، ޓީޗަރުންނަށް މިއުޒިކު ހިމެނުން ނޫން އިތުރު އޮޕްޝަން އެއް ނެތް ކަމަށެވެ. އަދި އޭނާ ކަންކުރަމުންދާނީ "އެންމެ އިސް ފަރާތުން" އަންގާ ގޮތަށް ކަމަށްވެސް ޕްރިންސިޕަލް ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

އަދި ޕްރިންސިޕަލް ކަންކަން ނިންމަވަމުން ދަނީ އެންމެ އިސް ފަރާތާއި، ވާހަކަ ދައްކަވައިގެންކަމަށާ، އޭނާ އާއި ޓީޗަރުންނަކީ އެޑިކޭޝަން މިނިސްޓްރީން އަންގާ ގޮތަށް ކަންކަން ކުރަން ފޮނުވާފައިވާ ބައެއް ކަމަށްވެސް ޓީޗަރުން ކައިރީ އޭނާ ބުނެފައިވެއެވެ. އަދި ކަރިކިއުލަމް ގައި މިއުޒިކާއި ނުލައި ކުރިއަށް ދިޔުމުގެ އޮޕްޝަން އޮތް ނަމަވެސް އުކުޅަހު ސުކޫލު ޓީޗަރުންނަށް އެ އޮޕްޝަން ނެތް ކަމަށާ އެއީ މިނިސްޓްރީން ޕްރިންސިޕަލަށް އަންގާފައިވާ ގޮތް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

އަދި ޕްރިންސިޕަލް އެފަދައިން އަމުރު ކުރުމުންވެސް އެކަން ނުކުރާނެ ކަމަށް ޕްރިންސިޕަލް އަށް އެންގި ދެ ޓީޗަރުން 7 ދުވަހަށް ސަސްޕެންޑް ކުރިކަން އަންގައި މިއަދު ވަނީ އެ ދެ ޓީޗަރުންނަށް ލިޔުން ފޮނުވާފައެވެ.  

ކޮމެންޓް
އުސްތާޒުލް ސޭހު
ތިއިން ތި ފެންނަނީ އުކުޅަހު ސުކޫލުގެ ބައެއ މުދައްރިސުންގެ ހަރުކަށިކަން. އިސްލާމް ދީނުގައި މިޔުޒިކް ކުޅުމާ މެދު ހިޔާލު ތަފާތު ވީމާ ދެން ޖެހޭނީ މުގައްރަރުގައި އޮތް ގޮތަކަށް ތަންފީޒުކުރަން. ނޫނީ ޓީޗަރުކަން ދޫ ކޮށްލާ
17 Nov 2022
ގޮމަކަސްތޫރި
ޔިތަގެއްލުނީ ތެދުވެރިކަމުގެ ދެޓީޗަރުންގެ ވަޒީފާ މާދަމާ ދެޓީޗަރުންނަށް ޗިޓްއަންނާނީ ދެމީހުންވެސް ދީނަށް ހުރުމަތްތެރިކޮށް ހިތީތީ ވަޒީފާއިން ވަކިކުރިކަމަށް. ތިޔަނަމޫނާ ދެއްކެވި ޓީޗަރުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަމެވެ.
17 Nov 2022
ާްައަފްޜާހ1
މިއުޒިކް ލައިގެން ނެށުވީމަ ކިހިނެއް ބާ މި ވަނީ؟ ޭއުކުޅަހަކީ މިއުޒިކް އަޑު އަހާ ކުދިން ނުތިބޭ ރަށެއް ދޯ..ހެހެހެހi
17 Nov 2022
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.