ސުޕްރިމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން
ހަބަރު
17 Nov 2022 | 11:04
ވ. އާރަށް މައްސަލަ: ހެނދުނުގެ އަޑުއެހުން މެންދުރަށް ފަސްކޮށްފި

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މިއަދުގެ ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. 

މިއަދުގެ އަޑުއެހުމުގައި އޮތީ ހެކިންނާއި ގުޅޭގޮތުން ވާހަކަދެއްކުމެވެ. އަދި ދައުލަތުގެ ފަރާތުން ހުށައެޅި އިތުރު ހެކިތަކާއި ގުޅޭގޮތުން ގޮތެއް ނިންމުމެވެ. 

މިއަދުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ޝަކީލު ވިދާޅުވީ އެ މައްސަލައިގައި ދައުވާލިބޭ ޔޫސުފް ނައީމް އާލާސްކަންފުޅާއި އުޅުއްވާތީ ކޯޓުގެ ހެނދުނުގެ ދަންފަޅިއަށް ވަޑައިގަތުމަށް އުޒުރުވެރިވެފައިވާ ވާހަކައެވެ. އެހެން ނަމަވެސް ހެއްކާއި ގުޅޭގޮތުން ވާހަކަ ކުރިއަށް ގެންދެވުމަށް ގާޒީ އެދިލެއްވިއެވެ. 

އެހެން ނަމަވެސް ދައުލަތުން ވަނީ ޔޫސުފް ނައީމުގެ ގައިރު ހާޒިރުގައި ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކެވުމަށް އިއުތިރާޒުކޮށްފައެވެ. 

ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ މަރިޔަމް ޝަހުމާ ވިދާޅުވީ، އެ މައްސަލައަކީ އެއް ބާވަތެއްގެ މައްސަލައަކަށް ވެފައި، ހެކިންނާއި ގުޅޭގޮތުން ދައްކަން ހުރީ އެއްކަހަލަ ވާހަކަތަކެއްކަމަށް ވުމުން، ޔޫސުފް ނައީމުގެ ޣައިރު ހާޒިރުގައި ވާހަކަދައްކަވަން ބޭނުން ނުވާކަމަށެވެ. އަދި ދައުލަތުން ވާހަކަދައްކަވަން ބޭނުންވަނީ ދެ ހެކިންގެ ހާޒިރުގައިކަމަށް ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް ވަނީ ދައުލަތުގެ އިއުތިރާޒަށް ތާއީދުކުރައްވާފައެވެ. އަދި ހެކިންގެ ހާޒިރުގައި ހެކިންނާއި ގުޅޭގޮތުން ވާހަކަދެއްކެވުމަށް އެދިވަޑައިގެންފައެވެ. 

ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ގާޒީ ވިދާޅުވީ، މި މައްސަލައަކީ ތަފާތު ތިން މައްސަލައެއްކަމަށެވެ. 

މިއަދު ހެކިންނާއި ގުޅޭގޮތުން ވާހަކަދެއްކުމުގެ މަރުހަލާ ކުރިއަށް ގެންދަވާނެކަމަށާއި، އެގޮތުން މިއަދުގެ 13:00 އަށް ޔޫސުމް ނައީމު ކޯޓަށް ހާޒިރުކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެ ދަންފަޅީގައި ހެކިންނާއި ގުޅޭގޮތުން ވާހަކަދައްކަވާނެކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ. 

އެއާއެކު ގާޒީ ވަނީ މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ހެނދުނުގެ ދަންފަޅު ކުރުކޮށްލައްވާފައެވެ. ދެން އަޑުއެހުން ފެއްޓޭނީ މިއަދުގެ 13:00 ގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ