އަދުނާން އަކްތަރު
ދުނިޔެ
18 Nov 2022 | 12:16
ބޮޑެތި ތުހުމަތު ތަކެއް ކުރެވުނު ތުރުކިޔޭ މީހަކު 8،658 އަހަރަށް ޖަލަށް

ޖިންސީ ގޯނާއައި އެނޫންވެސް ބޮޑެތި ތުހުމަތު ތަކެއް ކުރެވުނު ތުރުކިޔޭގެ ކަލްޓު ލީޑަރެއް ކަމަށްވާ އަދްނާން އަކްތަރު 8،658 އަހަރަށް ޖަލަށް ލައިފިއެވެ.

އަދުނާން މަޝްހޫރުވެފައިވަނީ ގިނަ އަދަދެއްގެ އަންހެނުންގެ ވަރަށް ގަދަޔަށް މޭކަޕް ކުރުވައި، ކުރު ހެދުން ލައްވައިގެން އޭނާ ކައިރީ ބައިތިއްބައިގެން ދީނީ އަދި އެވޭލާ އުސޫލުތައް މީހުންނަށް ކިޔައިދީ، އެ އަންހެނުންނާއި އެކު ނަށައި ނާޗަރަންގީ ކުޅެ ޕްރޮގްރާމް ތައް ހުށަހަޅައިދޭ މީހެއްގެ ގޮތުގައެވެ. މިފަދައިން އޭނާ ގެންގުޅޭ އަންހެނުންނަށް އޭނާ ކިޔައި އުޅެނީ "ކިޓެންސް" ނުވަތަ ޅަ ބުޅަލެވެ. އޭނާ މި ޕްރޮގްރާމް ތައް ހުށަހަޅައިދީ އުޅުނީ އޭނާގެ އަމިއްލަ ޓީވީ ޗެނަލެއް މެދުވެރިކޮށެވެ. 

މީގެ އިތުރުން، ހާރުން ޔަހުޔާ ގެ ނަމުގައި އެކި ބަސްތަކުން، ގިނަ ފޮތްތަކެއްވެސް އޭނާ ވަނީ ޕަބްލިޝް ކޮށްފައެވެ. 

އޭނާގެ ޢަމަލު ތަކުގެ ސަބަބުން ދީނީ އިލްމުވެރިންނާއި ދީނަށް ލޯބިކުރާ މީހުން ދިޔައީ އޭނާއަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.  

އުމުރުން 66 އަހަރުގެ އަދުނާން އާއި އޭނާއަށް ތަބައުވެ އެކީގައި އުޅެމުންދިޔަ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރު އެގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. 

އޭނާ ހައްޔަރު ކުރިފަހުން އެތައް އަންހެނުންނެއް ތަހްގީގަށް ކިޔައިދިން ގޮތުގައި އެކިއެކި ބޭނުންތަކުގައި އަދުނާން ކައިރިއަށް އެމީހުން ގެންދިއުމަށް ފަހު ތަފާތު ބޭސްތައްދީ ހެއަށް ގޮތްވުމުން އަދުނާން ވަނީ އެމީހުން ރޭޕް ކޮށްފައެވެ. އަދި އޭގެފަހުން އެމީހުން ބްލެކްމެއިލް ކޮށްގެން ވެސް އޭނާ ވަނީ އެމީހުން ރޭޕް ކޮށްފައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އަދުނާންގެ ފަރާތުން އަނިޔާ ލިބުނު އަންހެނުންގެ އަދަދު އެތައް ހާހަކަށް އަރާނެއެވެ.

އަދުނާން ހައްޔަރު ކުރުމަށްފަހު އޭނާ ހިންގަމުންއައި ޓީވީ ޗެނަލް ވަނީ ބަންދު ކޮށްފައެވެ.

އަދި 2021 ވަނަ އަހަރު އޭނާގެ މައްޗަށް ޖުމުލަ 10 ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ނުރައްކާތެރި ގޭންގުތައް ހިންގުމާއި،  ކުޑަކުދިން ރޭޕް ކުރުމާއި، ޖިނާސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމުގެ އިތުރުން އަނިޔާ ކުރުން ހިމެނެއެވެ.

އެ ހުރިހާ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ އެ އަހަރުގެ ތެރޭގައި ތުރުކީގެ ދަށު ކޯޓުންވަނީ އޭނާ 1،075 އަހަަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ނަމަވެސް މަތީ ކޯޓަކުން ވަނީ އެ އަދަބު އަނެއްކާވެސް އިތުރު ކޮށްފައެވެ. 

އެގޮތުން، މިދިޔަ ބުދަ ދުވަހު އިސްތަންބޫލްގެ ހައި ކްރިމިނަލް ކޯޓުންވަނީ އެ އަދަބު ބޮޑުކޮށް، 8،658 އަހަރަށް އޭނާ ޖަލަށް ލާން ހުކުމް ކޮށްފައެވެ. އަދި އޭނާގެ އިތުރުން އެ ގުރޫޕުގައި ހިމެނޭ އިތުރު 10 މީހަކު ވެސް ވަނީ 8،658 އަހަރަށް ޖަލަށް ލާފައެެވެ.

މި މުއްދަތަކީ ތުރުކިޔޭގެ އިތުރުން ދުނިޔޭގެ ކޯޓަކުން ވެސް މީހެއް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އެންމެ ދިގު މުއްދަތު ތަކުގެ ތެރޭގައި ހިމެނޭނެ މުއްދަތެއް ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.