ހަބަރު
18 Nov 2022 | 13:33
ދިރިއުޅޭ ވެށި ފާސިދު ވެއްޖެ ނަމަ، އަހަރެމެންގެ ސިއްހަތުވެސް ފާސިދުވެގެންދާނެ: ޚުތުބާ

ދިރިއުޅޭ ވެއްޓަކީ އަހަރެމެންގެ ހަޔާތުގައި ވަރަށް މުހިންމު ބަހާއެއް ކަަމަށާ، އެ ވެށި ފާސިދު ވެއްޖެ ނަމަ، އަހަރެމެންގެ ސިއްހަތުވެސް ފާސިދުވެގެންދާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

"އިންސާނުންނާއި ވެށީގެ ރައްކާތެރިކަން އޮތީ އިސްލާމްދީނުގައެވެ" މައުލޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، ހަގީގީ މުސްލިމުންނަކީ އެމީހަކު ދިރިއުޅޭ ވެއްޓާއި ސުލްހަވެރި، އެ ވެއްޓަށް ކުރިމަތިވާ ނުރައްކާތަކުން ވެށި ރައްކާތެރިކޮށް ސަލާމަތްކޮށްދޭ މީހާ ކަމަށެވެ. އަދި ދިރިއުޅޭ ވެށި ރައްކައު ކުރުމަކީ، ދީނީ، އިންސާނީ އަދި ވަތަނީ މަސްއޫލިއްޔަތެއް ކަމަށް އޭނާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ، ދިރިއުޅޭ ވެއްޓަކީ އަހަރެމެންގެ ހަޔާތުގައި ވަރަށް މުހިންމު ބަހާއެއް ކަަމަށާ، އެ ވެށި ފާސިދު ވެއްޖެ ނަމަ، އަހަރެމެންގެ ސިއްހަތުވެސް ފާސިދުވެގެންދާނެ ކަމަށެވެ. އަދި އެ ވެށި ރަނގަޅު ވެއްޖެނަމަ އަހަރެމެންގެ ސިއްހަތުވެސް ދުޅަހެޔޮވެގެންދާނެ ކަމަށާ، އެހެނީ، އަހަރެމެން ކާ ތަކެއްޗާއި، ބޯ ތަކެއްޗާއި ނޭވާލާ އޮކްސިޖަން ވެސް ހުރީ އެ ވެށީގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

މީގެ އިތުރުން އަހަރެމެން ދިރިއުޅޭ ވެށި މިހާރު ތަޣައްޔަރު ވެފައިވާ ކަން ފާހަގަކޮށް ޚުތުބާގައި ވަނީ އޭގެ ސަބަބުން، ވަޔާއި ފެން ތަޣައްޔަރުވެ، ފެން، ފަސްގަނޑާއި ކަނޑުގެ ލޮނުގަނޑު ނުސާފުވެ، ތަފާތު އެކި ނުރައްކާތެރި ބަލިތައްވެސް އަހަރެމެންނަށް ޖެހެމުން އަންނަކަން ފާހަގަކޮށްފައެވެ. އަދި މިނޫންވެސް ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވަނީ އިސްލާމް ދީނުގެ އުސޫލުތަކާއި ޚިލާފް ވުމުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ މުސްލިމަކީ ދިރޭ އެއްޗަށް ގޯނާކުރާނެ މީހެއްނޫން ކަމަށާ، އަދި ބޭނުންނެތި ގަސްތައް ކަނޑައި، މޭވާތަށް ނައްތާލައިލާނެ މީހެއްނޫން ކަމަށެވެ. 

"މުސްލިމަކީ ބިނާކުރަނިވި މީހެކެވެ. އޭނާ ހެވަށް ލޯބިކުރެއެވެ. ނުބަޔަށް ނަފްރަތުވެއެވެ. އޭނާއަކީ އާރާސްތުކުރާ ފަނާ ނުކުރާ މީހެކެވެ. އޭނާއަކީ ހެޔޮބަސް ބުނާ ނުބައި ބަހާއި ދުރުހެލިވާމީހާއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

އެހެންކަމުން، މުސްލިމުން ވާންޖެހޭނީ، ވެށި ރައްކައުތެރިކުރާ އަހަރެމެންގެ ކައުނު ސަލާމަތްކުރާ މީހަކަށް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.