އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ހަބަރު
19 Nov 2022 | 15:58
އެނގިގެން މި ދިޔައީ މައްސަލައަކީ ރައީސް ނަޝީދުކަން: ރޮޒައިނާ

އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއަކީ އެމްޑީޕީއަށް ނިސްބަތްވާ ވެރިއެއް ނަމަވެސް، އެމަނިކުފާނަށް އެންމެންގެވެސް ލޯބި ލިބިފައި ވުމުން އެނގިގެން ދިޔައީ މައްސަލައަކީ އެމްޑީޕީ ނޫން ކަމަށާއި މައްސަލައަކީ ކުރިން ވެރިކަން ކުރެއްވި އެ ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދުކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން ސަޅި ހެޔޮވެރިކަމެއް ކުރާތަން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ރައްޔިތުންނަށް ފެނިފައިވާ ކަމަށާއި އެމްޑީޕީ މެމްބަރުން މިހާރު މަގުމައްޗަށް ނިކުންނާކަށް ނުޖެހޭ ކަމަށެވެ.

"ފުލުހުންނާއި ސިފައިންގެ ލޯބިވެސް ރައީސުލްޖުމްހުރިއްޔާ އަށް ވަނީ ލިބިފައި. މީގެން އެނގެނީ މައްސަލައަކީ އެމްޑީޕީ ނޫންކަން. އެމްޑީޕީން ކުރިން ވެރިކަން ކުރެއްވި ރައީސް ނަޝީދުކަން." ރޮޒައިނާ ވިދާޅުވިއެވެ. 

މިއާއެކު ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރޮޒައިނާ ވިދާޅުވީ، ރައީސް ޞާލިހް ގާނޫނާ ހިލާފު ކަންތައްތަކެއް ނުކުރައްވާ ކަމަށާއި އަދި ހުދުމުހުތާރުކަން ދައްކަވައި، ތިމަންނާގެ ކަނާތުން ކުރާކަންތައް ވާތަށް ނޭނގޭނޭ ނުވަތަ، އެންމެން 24 ގަޑިއިރު ހަމައިގައި ހުންނަން ބޭނުންނުވާ ކަމަށް ވިދާޅުވެ ބޭކާރު ވާހަކަވެސް އެމަނިކުފާނު ނުދައްކަވާ ކަމަށެވެ. 

ރޮޒައިނާ އިތުރަށް ވިދާޅުވީ އެމްޑީޕީ މެމްބަރުން މިއަދު ރައީސް ދައްކަވާ ވާހަކަ މާނަކޮށްދޭން އުޅެން ނުޖެހޭ ކަމަށާ، ކުރީގެ އެމްޑީޕީ ސަރުކާރާ ހިލާފަށް މިހާރުގެ ވެރިކަން ވަރަށް ބޮލަށް ފަސޭހަ ކަމަށް އެމްޑީޕީ މެމްބަރުންވެސް ބުނަމުންދާ ކަމަށެވެ.

"އޭރު އަބަދު އުޅެން ޖެހެނީ ރައީސް ނަޝީދު ދައްކަވާ ކޮންމެވެސް ވާހަކައެއް މާނަކޮށްދީ އެއީ އެހެނެއް ނޫނޭ މީހުންނަށް ކިޔައިދޭށޭ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ގެ ވާހަކަފުޅުތައް ހާދަ ފަސޭހައޭ." ރޮޒައިނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.