ވިލާ މާޓް ރެހެންދި ހިނގުން
ވިޔަފާރި
19 Nov 2022 | 19:29
އަގުހުރި އިނާމްތައް ލިބޭ, ވިލާގެ ވޯލްޑް ކަޕް ކެމްޕޭން "މަވެސް ބަލަން" މާދަމާ ފަށަނީ

މިއަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ވިލާ ހަކަތަ އާއި ވިލާ ޓްރޭޑިން އިން އަގުހުރި އިނާމް ލިބޭ ޕްރޮމޯޝަނެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

"މަވެސް ބަލަން"ގެ ނަމުގައި މާދަމާ ފަށާ މި ކެންޕެއިން ޑިސެމްބަރު 18ގެ ނިޔަލަށް ކުރިއަށްދާނެއެވެ. 

ވިލާއިން ބުނީ މި ކެމްޕޭން ކުރިއަށްދާ މުއްދަތުގައި ވިލާގެ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ވިލާ މާޓުންނާއި ވިލާ ހަކަތައިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް މި ކެމްޕޭންގެ ދަށުން ދޫކުރާ ލަކީ ޑްރޯގައި ބައިވެރިވެވޭއިރު، ލަކީ ޑްރޯއިން އެއްވަނައަށް ހޮވޭ ކަސްޓަރަމަރަކަށް އެންމެފަހުގެ އައިފޯން 14 ޕްރޯ މެކްސްއެއް ލިބޭނެ ކަމަށް ވިލާއިން ބުނެއެވެ. އަދި ދެވަނައަށް ހޮވޭ މީހަކަށް އިތުރު މީހަކާ އެކު ރިސޯޓު ދަތުރެއް އަދި ތިން ވަނައަށް ހޮވޭ މީހަކަށް ވިލާގެ ޑިސްކައުންޓު ވައުޗަރެއް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ވިލާ ހަކަތަ އާއި ވިލާ މާޓުން އަންނަނީ ވޯލްޑް ކަޕާ ދިމާކޮށް ސޯޝަލް މީޑިއާގައި ފޮޓޯ ޗެލެންޖެއް ވެސް ކުރިއަށް ގެންދަމުންނެވެ. މި ޗެލެންޖުން ވަނަތައް ހޯދާ ފަރާތްތަކަށް ގިފްޓު ހެމްޕަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިލާއިން ބުނެއެވެ.

އަދި މި ކެމްޕޭން ކުރިއަށްދަ ދުވަސްވަރު ވިލާ މާޓުން ވިއްކާ ޓޯނީސް ޗޮކްލެޓުންނާއި ގާޑެންސް ބްރޭންޑުގެ ޖޭމުން ޑިސްކައުންޓް ވެސް ލިބޭއިރު ވޯލްޑް ކަޕްގެ މެޗުތަކުގެ ސްކޯޝީޓެއް ވިލާ ހަކަތަ އަދި ވިލާ މާޓުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މި ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ މީހުންނަށް ވިލާގެ ސޯޝަލްމީޑިއާ ޕޭޖުތަކުން ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.