ބާ އިމްތިހާނުގައި ދަރިވަރުން ބައިވެރިވަނީ--ފޮޓޯ/ ބާ ކައުންސިލް
ހަބަރު
20 Nov 2022 | 07:25
ބާ ކައުންސިލުން އިންތިޒާމުކުރާ ފުރަތަމަ ބާ އިމްތިޙާނު ބާއްވައިފި

ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިޙާނު ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިއްޔެ ބާއްވައިފިއެވެ.

ދެ ސެޝަނަކަށް ބަހާލައިގެން މާލެ އަދި އައްޑޫ ސިޓީގައި ކުރިއަށް ގެންދެވުނު ބާ އިމްތިޙާނުގައި 176 ފަރާތަކުން ބައިވެރިވެ، ރަޖިސްޓަރީ ކުރި ކެންޑިޑޭޓުންގެ 98.3 އިން ސައްތަ ވަނީ އިމްތިޙާނަށް ހާޒިރުވެފައިވާ ކަމަށް ބާ ކައުންސިލުން ބުނެއެވެ. 

މީލާދީ ކޮންމެ އަހަރަކު އެއް ފަހަރު ބޭއްވުމަށް ކަނޑައަޅާފައިވާ ބާ އިމްތިޙާނުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ މިންގަނޑު ކަނޑައަޅައި، ފެންވަރު ވަޒަންކުރުމެވެ. މި އިމްތިޙާނު މެދުވެރިކޮށް މި ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ޤާނޫނީ މަފްހޫމުތައް އެނގޭ މިންވަރާއި، ޤާނޫނީ މައްސަލަ ދެނެގަތުމުގެ ޤާބިލިޔަތުކަން ހުރި މިންވަރާއި، ޤާނޫނީ ޚިދުމަތް ދިނުމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަނެވޭނެއެވެ. އެހެންކަމުން، ބާ އިމްތިޙާނަކީ ރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރުމަށް ބޭނުންކުރާ މިނިމަމް ބެންޗްމާކެވެ. 

ޔޫއެސްއެއިޑް، އޭ.ބީ.އޭ، ކެޕްލާން، އަދި އެން.ސީ.ބީ.އީގެ އެހީތެރިކަމާއެކު ބޭއްވުނު މި ބާ އިމްތިޙާނަކީ މަލްޓިޕްލް-ޗޮއިސް ފޯމެޓަށް، 120 ސުވާލު ހިމެނޭ އިމްތިޙާނެކެވެ. އިނގިރޭސި އަދި ދިވެހިބަހުން ފަރުމާކުރެވިފައިވާ މި އިމްތިޙާނުގެ ސިލަބަސް އެކުލަވާލާފައިވަނީ ބާ އިމްތިޙާނުގެ ކޮމިޓީ އޮފް އެކްސްޕަރޓުންނެވެ. 2022 ވަނަ އަހަރުގެ ބާ އިމްތިޙާނުގައި ހިމެނިފައިވާ މާއްދާތަކަކީ ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯރޓް ލޯ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ، އަދި މޯލްޑިވްސް ލީގަލް ސިސްޓަމްއެވެ.  

ބާ އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް އިމްތިޙާނަށް ތައްޔާރު ކުރުމަށްޓަކައި ބާ ކައުންސިލުން އެކި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ވޮލަންޓިއަރ އުޞޫލުން ބާ ކައުންސިލަށް ޚިދުމަތްކޮށްދެއްވި ޤާނޫނީ ވަކީލުންގެ އެހީތެރިކަމާއިއެކު، އިމްތިޙާނުގެ ސިލަބަހުގައި ހިމެނޭ ދާއިރާތަކާ ގުޅޭ ރީޑިންގ ލިސްޓު އެކުލަވާލުމާއި، ނަމޫނާ ޕްރެކްޓިސް ސުވާލު ޝާއިޢު ކުރުމުގެ އިތުރުން، މި އިމްތިޙާނަށް ކެންޑިޑޭޓުން ތައްޔާރު ކުރުމަށްޓަކައި 2022 ވަނަ އަހަރު ޖުމްލަ 18 ލެކްޗަރެއް ވަނީ ކުރިއަށް ގެންދެވިފައެވެ.  

ބާ އިމްތިޙާނުން ފާސްވުމަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރުވޭ ދެ ޝަރުތުގެ ތެރެއިން އެއް ޝަރުތެވެ. ޤާނޫނީ ފަންނުގެ ދަށުން ލާޒިމުކުރާ ދެވަނަ ޝަރުތަކީ ލައިސަންސިންގ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.