ނަމާދު ވޯކްޝޮޕް ގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ޖަމިއްޔަތުއްސަލަފް
ހަބަރު
20 Nov 2022 | 09:40
ޖަމިއްޔަތުއްސަލަފުން ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ނަމާދު ވޯކްޝޮޕް ނިންމާލައިފި

ޖަމިއްޔަތުއްސަލަފާއި ހދ. ކުޅުދުއްފުށީ ހިރަފުސް ޖަމިއްޔާއާއި ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ނަމާދު ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. 

އުމުރުން 8 އަހަރާއި 12 އަހަރުގެ ދެޖިންސުގެ ކުދިންނަށް ހުޅުވާލައިގެން ހިލޭ ކުރިއަށް ގެންދިޔަ މި ވޯރކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ މިމަހު 17 ވަނަ ދުވަހުން 19 ވަނަ ދުވަހާއި ހަމައަށެވެ. މި ވޯކްޝޮޕްގައި ދަރިވަރުންނަށް ކިޔަވައިދެއްވީ އައްޝައިޚް މުޖުތަބާ ހަމީދާއި، އައްޝައިޚް ޝިހާމް މުހައްމަދެވެ. 

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ނަމާދު ވޯކްޝޮޕް ގެ ތެރެއިން-- ފޮޓޯ: ހިރަފުސް

ޖުމުލަ 227 ކުދިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ގެ ތެރެއިން ފަރުޟު ނަމާދުތައް އެންމެ ފުރިހަމައަށް ކުރާނެ ގޮތުގެ އިތުރުން ސުންނަތް ނަމާދުތަކާއި ކަށުނަމާދު ކުރާނެ ގޮތްވެސް ކުދިންނަށް ވަނީ ދަސްކޮށްދީފައެެވެ. 

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ނަމާދު ވޯކްޝޮޕް ގެ ތެރެއިން-- ފޮޓޯ: ހިރަފުސް

ނަމާދުކުރާނޭ ގޮތް ކުދިންނަށް ކިޔައި ދިނުމުގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް މި ވޯކްޝޮޕް ގެ ތެރެއިން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން، މި ވޯކްޝޮޕް ގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިންނަށްވެސް ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމާއި، ޚާއްސަކޮށް އިންޓަރނެޓަށް އެކުދިން ހުޅުވާލެވޭއިރު ސަމާލުވާންޖެހޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުށް ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން-- ފޮޓޯ: ހިރަފުސް

މި ނަމާދު ވޯކްޝޮޕާއި ގުޅޭގޮތުން 'ވޮއިސް'އަށް މައުލޫމާތު ދެއްވަމުން ހިރަފުސް ޖަމިއްޔާގެ ރައީސް މުހައްމަދު ހަސަން ވިދާޅުވީ، މިފަދަ މި ވޯކްޝޮޕްގެ ޒަރީޢާއިން ދަރިވަރުންނާއި ބެލެނިވެރިންނަށް މުހިންމު މައުލޫމާތު ތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ވޯކްޝޮޕާއި މެދު ބެލެނިވެރިންވެސް ވަރަށް ހިތްހަމަޖެހޭ ކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ، އެފަދަ އިތުރު ވޯކްޝޮޕްތައް ދަރުވަރުންނާއި ބެލެނިވެރިންވެސް ކުރިއަށް ގެންދިޔުމަށްވެސް ބެލެނިވެރިން އެދެމުން އަންނަ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.