މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ޕީޕީއެމް
ހަބަރު
20 Nov 2022 | 11:57
އިންޑިއާ ސިފައިން، މަސްދޯނި ތަކަކަށް އަރައި މަސްވެރިނަން ބިރުދައްކައި އަނިޔާކުރި: ޠާރިގު

އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އޮޅިގެން ވަދެވުނު ދިވެހި މަސްދޯނި ތަކަކަށް އެގައުމުގެ ސިފައިން ވަރަށް އިހާނެތި އަނިޔާކޮށްފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޓޮމް ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމުގެ ޒިންމާ ދިވެހި ސިފައިންގެ ބޮލުގައި އެޅިފައިވީ ނަމަވެސް، ސިފައިން އެ ޒިންމާ އަދާ ނުކުރާތީ އެކަން ކުރަމުންދަނީ ދިވެހި މަސްވެރިން ކަމަށެވެ. އެގޮތުން ރާއްޖޭގައި ގިނަ ވާނީ  މަސްވެރިން ރިޕޯޓް ކޮންގެން ކޯސްޓުގާޑުން އައިސް ބޭރުގެ ދާ އަޅާބޯޓުތައް ހުއްޓުވާ މައްސަލަތައް ކަމަށެވެ. 

އެއާއެކު ޓޮމް ވަނީ މީގެ އަހަރެއްހާ ދުވަހެއް ކުރިން ރާއްޖޭގެ ނ. އަތޮޅުން 40 މޭލު ބޭރުން ދާއަޅައިގެން މަސްވެރިން ކުރަން އުޅުނު އިންޑިއާގެ ބޯޓެއް ދިވެހި ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، ހަތަރު ދުވަހު ފަހުން އަމިއްލަ ގައުމަށް ފޮނުވާލީ އެއްވެސް ފިޔަވަޅެއް ނާޅާ ކަން ފާހަގަކުރައްވާފައެވެ. 

"އެމީހުން [އިންޑިއާ ދޯނި] ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފަ އެމީހުންނާ ކާއެއްޗެއްސާ، ތެލާ ދިވެހި ސަރުކާރުން އަޅާފަ އެމީހުން ފޮނުވާލީ." ޓޮމް ވިދާޅުވިއެވެ. 

ރާއްޖެއިން އިންޑިއާ ބޯޓާއި މެދު އެފަދައިން ކަން ކުރި ނަމަވެސް އިނޑިއާ ސިފައިން ދިވެހި މަސްވެރިންނާއި މެދު އަމަލުކުރަނީ އެއަށްވުރެ މާ އިހާނަތިކޮށް މާ އަނިޔާވެރިކޮށް ކަމަށް ޓޮމް ވިދާޅުވިއެވެ. 

އެގޮތުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިއާ ކަނޑުގެ ސަރަހައްދަށް އޮޅިގެން ވަދެވުމުން އެ ދޯނިތަކަށް އިންޑިއާ ސިފައިން އަރައި މަސްވެރިންނަށް އަނިޔާ ކުރި ކަމަށް ޓޮމް ވިދާޅުވިއެވެ. 

"މިއަދު ދިވެހި މަސްވެރިންގެ ތިން ދޯނި، އޭގެ ތެރޭގައި އިހަވަންދޫ ދޯންޏަކާއި، މަހިބަދޫ ދޯންޏަކާ އަދި އިތުރު އެއް ދޯނި، ތިން ދޯންޏަށް އިންޑިއާ ސިފައިން އަރައި، އެމީހުންނަށް އަނިޔާކޮށް ބޫޓުން ޖަހައި މޫދަށް ވައްޓާލާފަ ވަނީ،" ޓޮމް ވިދާޅުވި އެވެ.

އެ ހާދިސާއާއި ގުޅޭ ގޮތުން ޓޮމް އަށް މައުލޫމާތު ލިބުމާއި އެކު އޭނާ ނިސްބަތްވާ މަހިބަދޫ ދޯނީގެ މައުލޫމާތު ހޯދައި އެ ދޯނީގެ މަސްވެރިއަކަށް ގުޅައި އެކަމާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވިކަމަށް ޓޮމް ވިދާޅުވިއެވެ. 

އެގޮތުން އެ ދޯނީގެ ކެޔޮޅު ކިޔައިދިން ގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގެ އެ ތިން މަސްދޯންޏަށް އެރީ މީގެ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްކުރިން ހއ. އިން ބޭރުން އިންޑިއާ ރާއްޖޭގެ ބޯޑަރު ހިމެނޭ ސަރަހައްދުން ގާތްގަނޑަކަށް އަށް މޭލު އިންޑިއާގެ ސަރަހައްދަށް  ވަދެފައިވާ ކަމަށް ބުނެ ކަމަށެވެ. 

"އެއް ދޯންޏަށް އެރީ ރޭގަނޑު، އެ މަސްވެރިން ނިދާފަ ތިއްބަ، އަރައި، ފޭރޭ މީހުންގޮތަށް އެމީހުންނަށް ބިރުދައްކައި، އެމީހުން ޑެކު މައްޗަށް ނެރި ހަތިޔާރުން ބިރުދައްކައި، އެ ދޯނީގަ ހުރި ބައެއް އެއްޗިހިވެސް ހިފައިގެން އެމީހުން [އިންޑިއާ ސިފައިން] ދިޔައީ،" ޓޮމް ވިދާޅުވި އެވެ.

އެރޭ ދެވަނަ ދޯންޏަށްވެސް އަރައި އެފަދަ ގޮތަކަށް އިންޑިއާ ސިފައިން އަމަލުކުރި ކަމަށާއި، މަހިބަދޫ ދޯންޏަށް އިންޑިއާ ސިފައިން އެރީ އޭގެ އަނެއް ދުވަހު ހެނދުނު ގާތްގަނޑަކަށް 10 ޖަހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަރައި، އެ މަސްވެރިންނަށް ހަތިޔާރުން ބިރުދައްކައި، ޑެކު މައްޗަށް ނެރި، ކުޑަކަކުލަށް ތިރިކޮށް، އެ ދޯނި ސާޗުކޮށް ހަދާފަ ދިޔައީ. އަދި ދަމުން އެ ދޯނީގައި ހުރި މަސްވެރިއެއްގެ ގައިގައި ބޫޓުން ޖަހައި މޫދަށް ވައްޓާލި، ކަނޑަށް ވައްޓާލި،" ޓޮމް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.