އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުއާއި، ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ހަބަރު
20 Nov 2022 | 12:50
އާރަށު މައްސަލަ: އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދިއްޖެ!

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރި މައްސަލާގައި ދައުލަތުން ކުރާ ދައުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ދައުވާ ލިބޭ ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، އެމަނިކުފާނު ރިޝްވަތު ދެއްވި ކަމުގެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުވާކުރެ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި މިހާރު ކުރިޔަށް ގެންދަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. އެގޮތުން މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ޔާމީންގެ ފަރާތުން އެދިފައިވަނީ އަދީބާއި، ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށެވެ.

އެކަމަށް އެދި އެމަނިކުފާނުގެ ދިފާއީ ވަކީލް، އާދަމް ޝަމީމް މިއަދު ވިދާޅުވީ, އިސްލާމީ ޝަރީޢަތުގައި ހެކިވެރިޔާގެ ކިބައިގައި ހުރުން ލާޒިމުކުރާ އެއް ސިފަ އަކީ، އަދުލުވެރިކަން ކަމަށެވެ. 

"އިސްލާމީ ފިގުހުގައި ހެކިވެރިއެއްގެ ކިބައިގައި އަދުލުވެރިއެއްގެ ސިފަ ހުރި ކަމުގައި ބެލެވޭނީ އެމީހަކީ ބޮޑެތި ފާފަތަކަށް އަރައިގަތުމުންނާއި އަދި ކުދި ފާފަތަކުގެ މަތީގައި ދެމިނުހުންނަ މީހެއް ކަމުގައި ވާނަމަ. ވުމާއެކު ފާސިގެއްގެ ހެކިބަސް އިސްލާމީ ވަޟައީ ނިޒާމުގައި ގަބޫލުނުކުރެވޭނެ ކަމަށް. އެހެނީ ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުންނަނީ ފާސިގުން ކަމަށް އިސްލާމީ ޝަރީޢަތުގެ ނައްސު ތަކުން އެނގޭ ކަމަށް." ރައީސް ޔާމީންގެ ވަކީލު ވިދާޅުވިއެވެ.  

ފާސިގެއް ޚަބަރަކާއިގެން އައިސްފި ނަމަ އެ މީހެއްގެ ޚަބަރުގެ ތެދުދޮގު ބަލަން އިސްލާމްދީނުގައި އަމުރު ކުރައްވާފައިވާކަން ފާހަގަކޮށް ވަކީލު ވަނީ އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށާއި އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ބަލައިގަތުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަވެގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި، އެ ދެ ހެކިންގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކެއް ހުށަހެޅިފައިނުވާ ހާލަތެއްގައި އެ ދެ މީހުންގެ ހެކިބަސް ބަލައިނުގަތުމަށް މީގެ ކުރިން ނިންމާފައިވާ ނިންމުމާ ހަވާލާދީ އޭނާ ވިދާޅުވީ މި މައްސަލާގައި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

"އެއީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އަހުމަދު އަދީބާއި، ޒިޔަތަކީ އެމީހުންގެ އަދުލުވެރިކަން ގެއްލިފައިވާ ބޮޑެތި ފާސިގުން ކަމުގައިވާތީ އާއި އަދި އެމީހުންނަކީ ޔާމީނާއި ދޭތެރޭގައި ރުޅިވެރިކަން އޮންނަ ބައެއް ކަމަށް ވާތީ،" ހެކިބަސް ބަލައިނުގަތުމަށް އެދިވަޑައިގެން ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ޝަރީއަތުގައި ދިން ހެކި ބަހުން ވެސް އެ ދެބޭފުޅުންގެ ހިތުގައި ޔާމީނާއި ދޭތެރޭ އަދާވާތްތެރިކަން އޮތް ކަމާއި، އެއީ އުފައްދައިގެން އުޅޭ ވާހަކަތަކެއްކަން ސާފުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެމީހުންނާއި ޝަރީއަތުގައި ކުރެވުނު ސުވާލުތަކަށް ވެސް ސީދާ ޖަވާބު ނުދީ އެހެން ވާހަކަތައް ދެއްކިކަން ހެކިބަސް ނެގުމުގެ ޝަރީއަތުންވެސް ހާމަވެގެން ދިޔަ ކަމަށް ވަކީލު ވިދާޅުވިއެވެ. އެގޮތުން، އެމީހުންގެ ހެކިބަސް ނެގުމުގެ ޝަރީއަތުގައި ކުރެވުނު ބައެއް ސުވާލުތަކަށް އެމީހުން ދިން ޖަވާބުތަކުން މިސާލު ދައްކަވައި ދިފާއީ ވަކީލު ވަނީ އެފަދަ ސަބަބުތަކާއި ހުރެ އެ ދެމީހުންގެ (އަދީބާއި ޒިޔަތުގެ) ހެކިބަހަށް ބާރުދޭ އިތުރު ހެއްކާ ނުލާ އެ ހެކި ބަލައިނުގަތުމަށް އެދިފައެވެ.

މި މައްސަލައިގައި މީގެ ކުރިން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ސުޕްރީމް ކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވެވަޑައިގަތްއިރު، އެކޯޓުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަންނަން ވެސް ނިންމިއެވެ.

މި މައްސަލައިގައި ހެކިބަހާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ މަރުހަލާ މިހާރު ކުރިޔަށްދާއިރު، މިއަހަރު ނިމުމުގެ ކުރިން މި މައްސަލައިގައި ހުކުމާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރައްވާ ކަމަށް ޝަރީއަތުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.