އުރީދޫ ވޯލްޑްކަޕް
ވިޔަފާރި
20 Nov 2022 | 16:00
އުރީދޫގެ މި ޕެކޭޖުން ދެމަފިރިން މައްސަލަނުޖެހި ވޯލްޑްކަޕް ބަލާލެވޭނެ!

ދުނިޔޭގެ ތައްޓަށްކުޅެވޭ އެންމެ ބޮޑު ކުޅިވަރު މުބާރާތްކަމުގައިވާ، ވޯލްޑްކަޕް 2022 މިރޭ ފޭށޭނެއެވެ. 

32 ޓީމު ބައިވެރިވާ މި މުބާރާތުގައި 64 މެޗުކުޅެވޭނެއެވެ. އޭގެ ތެރެއިން ގިނަ މެޗުތައް ތާވަލުކުރެވިފައިވަނީ ރޭގަނޑުގެ ވަގުތުތަކަށެވެ. ރޭގަނޑުގެ މިވަގުތަކީ ރާއްޖޭގެ އަންހެންނުންގެ މެދުގައި މަޤުބޫލު ހިންދީ ސިލްސިލާ ޑްރާމާ އަންނަ ގަޑިކަމުން މިއީ ބައެއް ގޭބިސީތަކުގައި އަރައިރުންވާންޖެހޭ ކަމަށް ވަނީ ވެފައެވެ. 

ނަމަވެސް އުރީދޫއިން މިވަނީ މިކަމަށް ނިމުމެއް ގެނެސް ވޯލްޑްކަޕްގެ ހުރިހާ މެޗެއް ހަމަޖެހިލައިގެން ބަލާލެވޭނެ މަގު ތަނަވަސްކޮށްދީފައެވެ.

ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ހުއްދަ ގަނެފައިވާ މީޑީއާނެޓާއި، އުރީދޫ ގުޅިގެން ތައާރަފްކޮށްފައިވާ ޕެކޭޖަކީ 250ރ.އަށް 100 ޖީބީ ލިބޭ ޕެކޭޖެކެވެ.

މީޑީއާނެޓްގެ އެޕްލިކޭޝަން ބޭނުންކޮށްގެން ވޯލްޑްކަޕްގެ ހުރިހާ މެޗެއް ބަލާލެވޭނެ މި ޕެކޭޖު އިތުރު އެއްވެސް އަގަކާ ނުލައި މީޑިއާނެޓް އެޕްލިކޭޝަނަށް ވެސް ސަބްސްކްރައިބް ކުރެވޭނެކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

"މި ޕެކޭޖު ގަތީމަ ލިބޭނެ މީޑިއާނެޓް އެމްއެސް ލައިޓް އަދި އެމްއެސް އެޕްލިކޭޝަނަށް ސަބްސްކްރައިބް ކުރެވޭ ކޯޑެއް. އެހެންވީމަ، މި ޕެކޭޖާ އެކު އިތުރު އެއްވެސް އަގަކާ ނުލައި މީޑިއާނެޓް އެޕްލިކޭޝަނަށް ވެސް ސަބްސްކްރައިބް ކުރެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒުު ވިދާޅުވީ އެ ޕެކޭޖުން ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ދައްކާ ތިން ޗެނަލް ކަމަށްވާ ރާއްޖެ ޓީވީ، އައިސް ޓީވީ އަދި ޕީއެސްއެމް ސްޓްރީމް ކުރެވޭނެ ކަމަށެވެ.

އެހެންކަމުން މިއީ މިފަހަރު އޫރިދޫއިން ދިވެހިންނަށް ދިން ވޯލްޑްކަޕް ބޮޑު ހަދިޔާއެވެ. 

"ހެޕީ ވައިފް، ހެޕީ ލައިފް"

ކޮމެންޓް
ޒަރީރު
އޯކޭ. މަވެސް ބަލާނީ ތިހެން. ހޯމް މިނިސްޓަރ ސީރީޒު ބަލާ ގަޑި
20 Nov 2022
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.