ކްރިމިނަލް ކޯޓު--ފޮޓޯ/އަވަސް
ހަބަރު
21 Nov 2022 | 13:58
ބޮކްސާ ތެރޭގައި މަސްތުވާތަކެތި އުފުލި މީހެއް އުމުރަށް ޖަލަށް

ލައިގެން ހުރި ބޮކްސާގެ ތެރޭގައި ފޮރުވައިގެން މާލެއިން އައްޑޫ އަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށްލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. 

ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ސ.ހިތަދޫ ފަރަހާނާ މަންޒިލް، ޝަމްޢޫން މުހައްމަދުގެ މައްޗަށެވެ. އެނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އެވެ. 

އެގޮތުން ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނ،ީ 2020 ވަނަ އަހަރުގެ ޖެނުއަރީ 14 ގައި އޭނާ ހައްޔަރުކުރީ ވައިގެ މަގުން ގަމަށް މަސްތުވާތެކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. 

އަދި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރަން މަސައްކަތް ކުރުމުން، ލައިގެން ހުރި ބޮކްސާ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ބުނެ އަމިއްލައަށް އެތަކެތި ނަގައި ފުލުހުންނާ ހަވާލުކުރި ކަމަށާ، އޭނާ ހަވާލުކުރި އިންސްލޭޝަން ޓޭޕު އަޅާފައިވާ ޖޫސްޕެޓީ ކޮތަޅުގައި 99 ގްރާމް ޑައިމޯފިން ހުރިކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ. 

މި މައްސަލައިގެ އަޑުއެހުމުގައި އޭނާ އެ ދައުވާއަށް އިންކާރުކުރި ނަމަވެސް, މަސްތުވާތަކެތި ފުލުހުންނާ އަމިއްލަ އަށް ހަވާލު ކުރުމުގެ އިތުރުން ބަންދު މުއްދަތު މަޖިލީހުގައި ވެސް އޭނާ ކުށަށް އެއްބަސްވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ. 

އެ މީހާ ހުއްޓުވައި، ކޯޓު އަމުރެއްނެތި ފާސްކުރި ކަމަށް ދިފާއުން ބުނެފައިވާއިރު، ހުކުމުގައިވާ ގޮތުން އެކަމުގައި ގޯހެއް ނެތެވެ. ސަބަބަކީ މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ވަގުތާއި އެ މީހާ ހައްޔަރުކުރި ވަގުތާ ދެމެދު ގިނަ ވަގުތުތަކެއް ނުވާތީ ކޯޓު އަމުރެއް ނެތި ހުއްޓުވުމުގައި އެކަށީގެންވާ ސަބަބެއް އޮތުމެވެ. އަދި ފުލުހުން އެ މީހާ ހުއްޓުވީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ވާތީ އެކަމުގައި ފުލުހުންގެ ނުބައި ނިޔަތެއް ފެންނަން ނެތް ކަމަށާ، އޭނާ ދައުވާއަށް އިންކާރު ކުރިޔަސް، ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށް ޝަރީއަތުންވަނީ ނިންމާފައެވެ.

ވުމާއެކު އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށް ލުމަށެވެ. އެކަމަކު އޭނާ ދެ އަހަރާއި 23 ދުވަހު ބަންދުގައި ހޭދަ ކޮށްފައިވާތީ ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި 11 މަހުގެ ޖަލު ހުކުމެއް ކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.