ހައިކޯޓު
ހަބަރު
22 Nov 2022 | 12:00
ހައިކޯޓުން އެއް މައްސަލައެއްގެ އެއް އިސްތިއުނާފް ދެ ފަހަރަށް ބަލައިގެންފި

ހައިކޯޓުން އެއް މައްސަލައެއްގެ، އެއް އިސްތިއުނާފެއް ތަފާތު ދެ ފަހަރެއްގެ މަތިން ބަލައިގެން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އާއިލީ މައްސަލައެއްގައި ފެމެލީ ކޯޓުން ކުރި ހުކުމެއްގެ އިސްތިއުނާފު މައްސަލަ ފެމިލީ ކޯޓުގެ ހުކުމަށް ތާއީދުކޮށް މިދިޔަ އަހަރުގެ މާޗް މަހު ހައިކޯޓުން ވަނީ ނިންމާފައެވެ. އެފަދައިން ނިންމާފައި ވަނިކޮށް އަނެއްކާވެސް އެ މައްސަލަ މިއަހަރުގެ ފެބްރުއަރީ މަހު ހައިކޯޓަށް އަލުން ހުށަހަޅައި އެ ކޯޓުން އެ މައްސަލަ ބަލައިވެސް ގަނެފައިވެއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ވެސް އިސްތިއުނާފު ކުރަން އޮތް މުއްދަތަށް ވުރެ ފަހުންނެވެ. އެކަމަކު، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މައްސަލަ ބަލައިގަންނަން ނިންމާފައެވެ.

އެހެންވެ، ދެވަނަ ފަހަރަށް ހުށަހެޅި މައްސަލައާއި ގުޅިގެން ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މައްސަލައަކީ މީގެ ކުރިން އެކޯޓުން ބަލާފައިވާ ގަޒިއްޔާ އެއްކަން މައްސަލަ ބަލައިގެން އިރު ރަޖިސްޓްރާގެ ސެކްޝަނުން ފަނިޑޔާރުންނަށް އަންގާފައިނުވާ ކަމަށެވެ. އަދި، އަންގާފައިވާނަމަ އެ މައްސަލަ އަލުން ބަލަން، ހުއްދަ ނުދެއްވާނެ ކަމަށެވެ.

"މިއީ ކުރިން ބަލައި ނިމިފައިވާ ޤަޟިއްޔާއެއްކަން ފަނޑިޔާރުންނަށް ރަޖިސްޓްރާރގެ ސެކްޝަނުން އެހިނދު ސާފުކޮށް ދިންނަމަ މައްސަލަ އިސް ތިއުނާފްކުރުމުގެ ހުއްދައެއް ފަނޑިޔާރުން ދެއްވަފާނެކަމުގައި ނުބެލެވެއެވެ. އަދި މި މައްސަލާގައި ރަޖިސްޓްރާރގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރެވުނު ނަމަ، މި މައްސަލައިގައި އިސްރާފުވެގެންދިޔަ ޚަސްމުންގެ ވަގުތާއި ވަޞީލަތުގެ އިތުރުން ކޯޓުގެ ވަގުތާއި ވަޞީލަތްވެސް އިސްރާފުނުވެ ސަލާމަތް ކުރެވުނީހެވެ" ހައިކޯޓުގައި ނިންމުމުގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް