ސައުދީ ޓީމު މެޗުން މޮޅުވުމާއި ގުޅިގެން ސަޕޯޓަރުން އުފާ ފައުޅުކުރަނީ
ދުނިޔެ
22 Nov 2022 | 21:46
މާދަމާ އަކީ ސައުދީ އަރަބިއްޔާއަށް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް 2022 ގައި މިއަދު އާޖެންޓީނާ އާއި ދެކޮޅަށް ކުޅެ ސައުދީ އަރަބިއްޔާއިން މެޗު ކާމިޔާބު ކުރުމާއި ގުޅިގެން، މާދަމާ އަކީ އެ ގައުމަށް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. 

ސައުދީ އަރަބިއްޔާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އަދި އަމިއްލަ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ތައުލީމް ޙާޞިލް ކުރާ އެންމެހައި ދަރިވަރުންނަށް މާދަމާ އަކީ ބަންދު ދުވަހެއްގެ ގޮތުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ކަނޑައަޅުއްވާފައެވެ.  

އަދި ރަސްގެފާނު ސަލްމާން އެ ނިންމުން ނިންމަވާފައި މިވަނީ، މިއަދު އާޖެންޓީނާ އާއި ދެކޮޅަށް ސައުދީން ވާދަކުރި މެޗުގައި، އެ ޓީމު ބަލިކޮށް ސައުދީން ހޯދި ފަހުރުވެރި އަދި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކަމަށްވެސް ސައުދީ ނޫސް ތަކުން ރިޕޯޓް ކޮށްފައިވެއެވެ. 

މިފަހަރުގެ ގަތަރު ވޯލްޑްކަޕް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު އިއްތިފާގުވި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާގެ އަތުން ބަލިވެފައިވަނީ 2-1 ގެ ތަފާތަކުންނެވެ. މި ނަތީޖާ ވެގެން ގޮސްފައިވަނީ ގިނަ ބަޔަކު ހައިރާން ކުރުވި، އަދި އާޖެންޓީނާގެ ގިނަ ސަޕޯޓަރުންނަށް ގަބޫލުކުރަން ވެސް ދަތިވި ނަތީޖާއަކަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.
12 Aug 2026
އެއިމްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Aug 2026
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް ހުޅުވައިފި
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް "އެއިމް" ރަސްމީކޮށް އިފްތިތާޙުކޮށް، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.