Hh
ހަބަރު
25 Nov 2022 | 13:22
އެހެންމީހުންގެ އުނި ސިފަތަކަށް ނުބަލައި އަމިއްލަ ނަފްސު އިޞްލާޙު ކުރުމަށް މަސައްކަތް ކުރޭ: ޚުތުބާ

އެހެންމީހުންގެ އުނި ސިފަތަކާއިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިޞްލާޙު ކުރެވޭތޯ މަސައްކަތް ކުރުމަށް މިއަދުގެ ހުކުރުޚުތުބާގައި ގޮވާލައިފިއެވެ.

އަމިއްލަ ނަފްސު އިސްލާހު ކުރުމަށް އިސަކަން ދިނުމަށް ހާއްސަކޮށް މިއަދު ދިން ހުތުބާގައި ބުނީ އިންސާނާގެ ކަރާމަތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފްސު ސަލާމަތްކޮށް ރައްކާތެރި ކުރުމަށް އިސްލާމްދީން ވަނީ ބާރުއަޅާފައިވާ ކަމަށެވެ.

"އެހެންމީހުންގެ އުނި ސިފަތަކާއިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިޞްލާޙު ކުރެވޭތޯ މަސައްކަތް ކުރާށެވެ! އަހުރެމެންގެ ކޮންމެމީހެއްގެ ކިބައިގައި ވެސް އުނި ސިފަތައް ހުންނާނެތެވެ. ޢައިބުތައް ހުންނާނެތެވެ. އެންމެންނަށް ވެސް ކުށް ކުރެވޭނެތެވެ. އިސްކަން ދޭންވީ އަމިއްލަ ނަފްސު އިޞްލާޙު ކުރުމަށެވެ. އިސްލާމްދީން އަންގަވަނީ، އެހެން މީހުންގެ ޢައިބުތައް ފޮރުވައި ވަންހަނާކުރުމަށެވެ." ހުތުބާގައި ބުނެފައިވެއެވެ.

މިއާއެކު ހުތުބާގައި ބުނީ މީހުން ބޭޒާރުކުރުމަށްޓަކައި އެމީހުންގެ ވީޑިޔޯތަކާއި ފޮޓޯތައް ސިއްރުން ނަގައިގެން ސޯޝަލްމީޑިއާއަށް ލައި، އެމީހުން ބޭޒާރު ކުރުމަކީ ރަސޫލާ ޞޢވ ގެ ބަސްފުޅާ ޚިލާފް ޢަމަލެއް ކަމަށާ އެއީ ޤިޔާމަތް ދުވަހު މާތްރަސްކަލާނގެ އެފަދަ މީހުން ބޭޒާރުކުރައްވާނެ ކަމެއް ކަމަށެވެ. 

"މިއަދު ޙާލަތަށް ބަލާއިރު ބައެއް މީހުންގެ މަސައްކަތަކީ، އަބަދުމެ، މީސްތަކުންގެ އުނި ސިފަތައް ހޯދައި، ސޯޝަލްމީޑިއާގައި އެކަންކަން ހާމަކުރުމެވެ. ބައެއްފަހަރަށް އެމީހުން މީސްތަކުންނަށް މަލާމާތްކުރަނީ، މީހުންގެ ޙާލަތާއި ސިފައާ ބެހޭގޮތުންނެވެ.އަނެއްބައި ފަހަރަށް މަލާމަތްކޮށް ނެތިމޮށެނީ، މީހުންގެ ޙަސަބާއި ނަސަބާއި ބެހޭގޮތުންނެވެ، އެފަދަ މީހުން ދެކޭގޮތުގައި، އެމީހުންނަކީ އެއްވެސް އުނި ސިފައެއް ނެތް ފުރިހަމަ ބައެކެވެ، އެހެން މީހުންނަކީ އުނި ބައެކެވެ." ހުތުބާގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ހުތުބާގައި ބުނީ، އަނިޔާވެރިކަމަކީ ތަފާތު ސިފަސިފައިގައިވާ ކަމެއް ކަމަށާ، އޭގެ ތެރޭގައި ޢަމަލުން ކުރާ އަނިޔާއާއި، ބަހުން ކުރާ އަނިޔާއާއި ނަފްސާނީ ގޮތުން ކުރާ އަނިޔާވާ ކަމަށެވެ. އަދި ޢަމަލުން ކުރާ އަނިޔާގެ ތެރޭގައި، މީހުންގެ ނަފްސަށާއި، އަބުރަށާއި މުދަލަށާއި، އަދި އެ މީހުންގެ ޙައްޤުތަކަށް އަރައިގަތުން ވާ ކަމަށާއި މީހުންނަށް ފުރައްސާރަކުރުމަކީ އެމީހުންގެ ނަފްސަށް ދެވޭ އަނިޔާއެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.