ގައުމީ ދާރުލްއާސާރު/ ފޮޓޯ: ނެޝަނަލް ސެންޓަރފޯ ކަލްޗަރަލް ހެރިޓޭޖު
ހަބަރު
26 Nov 2022 | 13:19
ގައުމީ ދާރުލްއާސާރަށް 70 އަހަރު، މިއަދު ހިލޭ ވަދެވޭނެ

ގައުމީ ދާރުލް އާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން އެ ތަނަށް ވަނުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ. 

ނެޝަނަލް ސެންޓަރފޯ ކަލްޗަރަލް ހެރިޓޭޖުން ބުނި ގޮތުގައި ދާރުލް އާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން އެތަން ބަލާލުމުގެ ފުރުސަތު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. 

އަދި އެ ފުރުސަތުގައި ވަރަށް ގިނަ ބަޔަކު ދާރުލްއާސާރަށް ވަންނަމުންދާކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. 

ދާރުލްއާސާރުގައި އެތަނަށް ޒިޔާރާތް ފަރާތްތަކަށް ފެންނާނެހެން އެކި ކޮށާރުތައް ތައްޔާރުކޮށްފައި ހުރެއެވެ. 

އޭގެ ތެރޭގައި އިސްލާމްދީނުގެ އަލިކަން އައުމުގެ ކުރިޔަށް ނިސްބަތްވާ އާސާރުތައް ހިމެނެއެވެ. 

މީ ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ އަލިކަން އައުމުގެ ކުރިން އުޅުނު އޭރުގައި ދިވެހިން ގަބޫލުކުރަމުން ދިޔަ އެކި ދީން ތަކަށް ނިސްބަތްވާ މީހުން އަޅުކަން ކުރުމުގައި ބޭނުން ކޮއްފައިވާ އެކިކަހަލަ އާސާރުތަކާއި އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމީހުން އަޅުކަން ކުރުމަށްޓަކައި ގާއިމް ކޮއްފައި ހުރި ދާގަބަ އާއި ވޭރު ފަދަ ތަންތަނުން ގެނެވިފައި ހުރި އެކި ކަހަލަ އާސާރުތަކެވެ.

ބުނެވޭގޮތުގައި ގާތް ގަނޑަކަށް 250 ހަށް ވުރެ ގިނަ މިކަހަލަ ދާގަބަ އަދި ވޭރު ފަދަތަންތަން މިއަދާއި ހަމައަށް ވެސް ހޯދިފައި އެބަހުއްޓެވެ. މިއީ ދާރުލްއާސާރުގައިވެސް އެންމެގިނަ އާސާރު ހިމެނޭ އެންމެ ބޮޑު އެއް ކަލެކްޝަން އެވެ.

އޭގެއިތުރުން ލޮއިކަނަވާރުގެ ކޮޝާރުގައި ހިމަނާލެވިފައި ހުންނާނީ ވަރަށް ފަހަކާއި ޖެހެންދެންވެސް ދިވެހިންގެ ދިރިއުޅުމުގައި އެކިކަންކަމުގައި ބޭނުން ކުރެވިފައި ހުރި ލޮއިގެ އެކިބާވަތްތައް ބޭނުންކޮއްގެން ތައްޔާރު ކޮށްފައި ހުރި އެކިކަހަލަ އާސާރުތައް އެތަނުގައި ހުރެއެވެ. 

ފައިސާއާއި ނޫޓު ކޮށާރާއި، އަކުރުތަކުގެ ކޮށާރާއި ކަޑު ފަޅު ކޮށާރުގެ އިތުރުން ރަހުންނާއި ރަނިންގެ ކޮށާރުތަކާއި، ލިޔެލާޖެހި އާސާރުތަކުގެ ކޮށާރުތަކާއި ގުރުއާން ކޮށާރުވެސް ދާރުލް އާސާރުގައި ވަނީ ގާއިމްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.