ގަވައިދާއި ޚިލާފަށް ރާއްޖޭގައި ތިބި ބިދޭސީން ރެޖިއުލޭޓު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ: ދި ޕްރެސް
ހަބަރު
29 Nov 2022 | 12:33
ބިދޭސީންގެ ޑިޓެންޝަން ސެންޓަރު އަންނަ އަހަރު އޮޕަރޭޝަނަށް ގެންނަނީ

ދިވެހިރާއްޖޭގައި ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ބޭތިއްބުމަށް ތަރައްގީކުރާ ޑިޓެންޝަން ސެންޓަރު އަންނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ސަރުކާރުން ބުނެފިއެވެ. 

ބިދޭސީން ބޭތިއްބުމަށް ސަރުކާރުން ތަރައްގީ ކުރާ ޑިޓެންޝަން ސެންޓަރަކީ 250 އާއި 300 ދެމެދުގެ މީހުންގެ ޖާގައިގެ ތަނެކެވެ. މިއީ އެމްޓީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަޅާ ސެންޓަރެކެވެ.  

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް 2019 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ މަސައްކަތް ފަށައިފައެވެ. ކޯވިޑް-19 އާއި ގުޅިގެން އެ މަސައްކަތް މަޑުޖެހިފައި އޮތް ނަމަވެސް، އަލުން އެ މަސައްކަތް ފަށައިގަނެފައިވާކަަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 

ކޯވިޑްގެ ތެރޭގައިވެސް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން ބިދޭސީން ރެގިއުލަރައިޒްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން 13000 މީހުން ގަވާއިދުގެތެރެއަށް ފައްތާ އަލުން މަސައްކަތްކުރުމުގެ ހުއްދަ ސަރުކާރުންވަނީ ދީފައެވެ.

އަދި އެޙާލަތުގައި ހުއްދަ ނެތި އުޅެމުންދިޔަ މީހުންގެ ތެރެއިން 24000 ބިދޭސީން ފުރުވާލާފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ. 

ގަވައިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޑިޓެންޝަން ސެންޓަރެއް ގައިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އަންނަ އަހަރުގެ ކުރީކޮޅު އެތަން އޮޕަރޭޝަނަށް ގެނެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

އެ ސެންޓަރަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް ގާއިމްކުރެވޭ ސެންޓަރެއް ކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ. 

ބިދޭސީންގެ މައްސަލަ ޙައްލުކޮށް އެމީހުންނާއި ގުޅިގެން ނިކުންނަމުންދާ އެކި ބާވަތުގެ ކުށްތައް ހުއްޓުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކުންވެސް ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.