މެމްބަރު އުޝާމު މަޖިލީހުގެ ކޮމެޓީއެއްގައި/ ފޮޓޯ: މަޖިލިސް
ހަބަރު
29 Nov 2022 | 13:05
ސަރުކާރުގެ ނުފޫޒުން އެއްވެ އުޅުމުގެ ހައްގު ހަނިކުރުން އުވާލުމުގެ ބިލު ހުއްޓުވާފައި އޮންނަތާ 3 އަހަރު: އުޝާމް

އެއްވެ އުޅުމުގެ ހައްގު ހަނިކުރުން އުވާލުމަށް މަޖިލީހަށް ހުށައަޅާފައި އޮންނަތާ 3 އަހަރު ފާއިތުވެގެން ގޮސްފައިވާކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. 

އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައިވާ ގޮތުން މާލޭގައި ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ މާލޭގެ ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އެ މާއްދާ އުވާލުމަށް މަޖިލީހަށް ވަނީ ހުށައަޅާފައެވެ. 

އޭގެއިތުރުން ގާނޫނުގެ އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއްވެސް ވަނީ ބާއްވާފައެވެ. 

ކޯޓުގައި ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނީ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ގާނޫނުގައި އޮތް އޮތުން އުވާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާތީ، ގާނޫނުގެ އެ ބައި ބާތިލްކުރުމުގެ މައްސަލަ ހައި ކޯޓުން ނުބަލަން އެދޭކަމަށެވެ. 

ދައުލަތުގެ އެ ހުށައެޅުމާއި ގުޅިގެން އުޝާމު ކުރެއްވި ޓްވީޓެއްގައި ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ. 

އޭނާ ވިދާޅުވީ ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ދެއްކީ ލަދުވެތި ވާހަކަތަކެއް ކަމަށެވެ.

އެއްވެ އުޅުމުގެ ހައްގު ހަނިކުރުން އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި އޮންނަތާ ތިން އަހަރު ފާއިތުވެގެން ގޮސްފިކަމަށާއި، އެ ބިލުގެ މަސައްކަތް ހުއްޓުވާފައި އޮތީ ސަރުކާރުގެ ނުފޫޒުން ކަމާމެދު ޝައްކު ނުކުރައްވާކަމަށްވެސް އުޝާމު ވިދާޅުވިއެވެ. 

އުޝާމުގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ ދައުލަތުގެ އެ ހުށައެޅުމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާފައެވެ. 

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަކީ އެމްޑީޕީގެ އަސާސާއި ޚިލާފުކަމެއް ކަމަށެވެ.

އެއްވެ އުޅުމުގެ ހައްގު ހުއްޓުވާފައި އޮތުމަކީ އެމްޑީޕީގެ އަސާސްތަކާއި ޚިލާފަށް ޕާޓީ ހިންގަން މަސައްކަތް ކުރާކަމުގެ މިސާލެއްކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
އިއްބެ
އެއީކަލޭމެންހެދިއެއްޗެއްނު ދެންމިހާރުތިޔަނޫވިގެންތިޔައުޅެނީކިއެއްވެ
29 Nov 2022
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.