އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން-- ފޮޓޯ: ވަގުތު
ހަބަރު
29 Nov 2022 | 16:04
ބޭރުގެ އެހީ ހޯދަން އަންނަ އަހަރު ސަރުކާރުން ކުރާނެ ތަފާތު ކަމެއް ހާމަކުރުމަށް ގޮވާލައިފި

2023 ވަނަ އަހަރުގައި ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާ ހޯދުމަށް ވޭތުވެ ދިޔަ އަހަރުތަކާ ތަފާތުކޮށް ކުރުމަށް ރާވާފައި ހުރި ކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އެދިއްޖެއެވެ. 

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސްކޮސްފައިވާ 2023 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން އެމް.އާރް.އެމް އިން ނެރުނު ބަޔާނުގައި ބުނީ، އެ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށް ދެކޭކަމަށެވެ. 

އެހެން ނަމަވެސް ބަޖެޓާއި ގުޅޭގޮތުން ދިވެހި ރައްޔިތުން ކަންބޮޑުވާ ކަންތައްތައް ހުރިކަން ފާހަގަކޮށް އެމްއާރްއެމް އިން ބުނީ، ސަޕްލިމަންޓަރީ ބަޖެޓަކީ ވަކިން ހުށަހަޅައި ފާސްކޮށްގެން ޚަރަދުކުރަންޖެހޭ ބަޖެޓެއްކަމަށް ޤާނޫނުގައި ބުނެފައިވާއިރު ފާއިތުވި އަހަރުތަކުގަޔާއި އަދި މަޖީލިހަށް 2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ތެރޭގައިވެސް ސަޕްލިމަންޓްރީ ބަޖެޓް ހިމަނާފައިވާ ކަމަށެވެ.

އަދި އެގޮތަށް އަމަލު ކުރުމުގެ ބަދަލުގައި ސަޕްލިމަންޓްރީ ބަޖެޓް ދުރާލާ ކުރިން ހުށަހަޅައި ފާސްކޮށްގެން ޚަރަދުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި އެޕާޓީން ދެކޭ ކަމަށާއި އަދި އެގޮތަށް ވީހާވެސް އަވަހަކަށް ކަންކަން މަޖިލީހަށް ހުށަހަޅައިގެން އެކަން ފާސްވެގެންދިއުމަކީ ބެސްޓް ޕްރެކްޓިސްކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުންވެސް ފާހަގަކުރައްވާފައިވާ ކަމަށް ބަޔާނުގައިވެއެވެ. 

އެއާއެކު، ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާއި އަދި ރިވައިސް ކޮށްގެން ފާސްކުރާ ބަޖެޓާއި، އަހަރު ނިމޭއިރު ކޮށްފައި ހުންނަ ޚަރަދުތަކާ ދިމާނުވާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ 2010، 2011 ،2013 ،2016 އަދި 2020 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަދަދަށްވުރެ އިތުރަށް ޚަރަދުކޮށްފައިކަން ފާހަގަކޮށްފައެވެ.

"މިގޮތުން، 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް، ސަރުކާރުގެ ރިކަރަންޓު ޚަރަދު ހުރިގޮތަށް ބަލާކަމުގައިވާނަމަ، ބަޖެޓުކުރި މިންވަރާއި އަސްލު ކުރެވޭ ހޭދައިގެ ތަފާތު އެވްރެޖުކޮށް 4.2 ބިލިއަން ރުފިޔާ ހުރިކަމަށް އެމް.އެމް.އޭއިން އަންދާޒާކުރައްވާފައިވެއެވެ. އަދި މިހެން މިކަންކަން އޮތް އިރު، މިއަހަރު ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގައި، 5.8 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު، އެ ޚަރަދުތަކުގެ އެކަށީގެންވާ މިންވަރަށް ތަފްސީލު ދެއްވައިފާ ނުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެކެވެ." އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން، 2023 ވަނަ އަހަރުގައި ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާ ލިބުމަށް ހުރަސްތަކެއް ހުރިކަމަށް އެމް.އެމް.އޭ އަދި އޮޑިޓަރ ޖެނެރަލް އޮފީހުންވެސް ފާހަގަކޮށްފައިވާ ކަމަށާ، އޭގެތެރެއިން 1.5 ބިލިއަން ނުވަތަ 100 މިލިއަން ޑޮލަރަކީ އޭގެ ވަކި ސޯސްއެއް އައިޑެންޓިފައި ކޮށްފައި ނެތް ފައިސާކަމާއި، އަދި އެއީ ކޮން ގޮތަކުން ލިބޭނެ އެއްޗެއްކަން ބަޔާންކޮށްފައި ބަޖެޓު ފޮތުގައި ނެތްކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް ބޭރުގެ ފަރާތްތަކުން ލޯނު އަދި ބޮންޑުގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވީނަމަވެސް، އެމް.އެމް.އޭ އިން ފާހަގަ ކޮށްފައިވާ ގޮތަށް ފާއިތުވި 6 އަހަރުވެސް ލިބިފައިވަނީ އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ އެވްރެޖްކޮށް 2.1 ބިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށް ބުނެފައިވެއެވެ. އަދި މިއަހަރުވެސް، 7.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓްކުރެވުނު އިރު، ލިބޭނެކަމަށް އަންދާޒާ ކުރެވެނީ 4.9 ބިލިއަން ރުފިޔާ ކަމަށާ އެއީ ބަޖެޓު ކުރި ވަރަށް ވުރެ %35 ދަށް އަދަދެއް ކަމަށްވެސް އެ ޕާޓީން ފާހަގަކުރެއެވެ. 

"އެހެންކަމުން، 2023 އަށް އަންދާޒާ ކުރި އަދަދު ހޯދޭނެ ކަމަށް ސަރުކާރުން ލަފާ ކުރަނީ އިތުރަށް ކޮން މަސައްކަތެއް ކޮށްގެންތޯ ރައްޔިތުން މިއަދު ސުވާލު އުފައްދަ އެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރުތަކާ ތަފާތުކޮށް ކުރުމަށް ރާވާފައި ހުރި ކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ސަރުކާރުން މިއަދު ކުރަންޖެހޭ ކަމެއްކަމަށް އެމް.އާރް.އެމް އިން ދެކެމެވެ." އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. 

މިއާއެކު އެ ބަޔާނުގައި ވަނީ، އެ ފައިސާ އެހީގެ ގޮތުގައި ނުލިބިއްޖެ ނަމަ، ޚަރަދުތައް ފޫބެއްދުމަށްޓަކައި ފައިސާ ހޯދޭނެ ގޮތަކީ ޑޮމެސްޓިކް މާކެޓުން ލޯނުގެ ގޮތުގައި ފާއިސާ ހޯދުން ކަމަށާ، މިހާރުވެސް ޑޮމެސްޓިކް މާކެޓުން ދަރަންޏަށް ފައިސާ ނުލިބި މަރުކަޒީ ބޭންކުން 2 ބިލިއަން ރުފިޔާ ޗާޕު ކުރުމުން، ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އެތައް ގުނައެއް ބޮޑު ވެގެން ގޮސްފައިކަން ފާހަގަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އާމްދަނީ އިން ދެކޮޅުޖެއްސުން ވެސް ވަނީ ތަކުލީފަކަށް ވެފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ބަޖެޓު ތަންފީޒީ މަރުހަލާގައި ރާއްޖޭގެ މިހާރު އޮތް ދަރަނި ދައްކައި އަދި ރާއްޖޭގެ އިންފްލޭޝަން ކޮންޓްރޯލް ކުރެވޭނެ ގޮތާއި، ބޭރުފައިސާ އިތުރަށް ހޯދޭނެ ގޮތްތައް ބަލައި، ބަޖެޓު ދެކޮޅު ޖެއްސުމަށް އެމްއާރްއެމް އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ހަމަ އެހެންމެ، ލޯނުގެ ގޮތުގައި ފައިސާ ނެގުމުގެ ބަދަލުގައި، ފާއިތުވި އަހަރުތަކުގައި ދައުލަތުން ވަގަށް ނަގައިފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ފައިސާއާއި އަދި އެކިއެކި ސިނާއަތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދާ، ރައްޔިތުންނަށް ދޭ ސަބްސިޑީ ގެ ގޮތުގައި އަންދާޒާ ކޮށްފައިވާ ޚަރަދު އެފައިސާ އިން ހޭދަ ކުރުމަށްވެސް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް
ހުސެންސާސް
30 އަހަރުވަންދެކަ އަނިޔާވެރި ގައުމެއް ފަސާދަކުރި މީހެއްގެ ވާހަކަ ދައްކާނީ
29 Nov 2022
ގުޅޭ ލިޔުންތައް
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.