މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް--ފޮޓޯ/މަޖިލިސް
ހަބަރު
29 Nov 2022 | 19:38
އިންތިޚާބު އަހަރާ ދިމާކޮށް އަނެއްކާވެސް ރައްޔިތުންގެ ފައިސާ ބަހާ ހުސްކުރަންއުޅޭ ކަހަލަ: ޝިޔާމް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކައިރިވެފައި ވަނިކޮށް، ސަރުކާރާ އި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައެޅުމާއި ގުޅިގެން ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ އަހްމަދު ޝިޔާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. 

އެއްބަސްވުންތަކާ ޚިލާފުވުމުން ލިބޭ ގެއްލުމުގެ ބަދަލުދޭނެ އުސޫލަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަދަލުދޭ އުސޫލެއް ހަދާފައި ވަނީވެސް، އެފަދަ އުސޫލެއް އުފަން ނުކޮށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ބެހުމަށްފަހުގައި ކަމަށެވެ. 

"އިންތިޚާބު އަހަރާ ދިމާކޮށް އަނެއްކާވެސް ރައްޔިތުންގެ ފައިސާ ބަހާ ހުސްކުރަންއުޅޭ ކަހަލަ. މީގެކުރިން ބެހިފައިސާގެ ޔައުމިއްޔާތައްވެސް އަޅުގަނޑުމެން ހޯދާ އެ މައްސަލަތައް ބަލާނަން." ޝިޔާމް ވިދާޅުވިއެވެ. 

ރައީސް އޮފީހުން އިއްޔެ ނެރެފައިވާ ބަދަލުދޭ އުސޫލުގައި ބުނެފައިވާ ގޮތުގައި، އެއީ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެކިއެކި އެއްބަސްވުންތަކާމެދު، ޤާނޫނާއި، ގަވާއިދާއި، ސަރުކާރުން އާންމުކޮށް ޢަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަށް އަދި އެއްވެސް ހަމަހަމަކަމެއް އިންސާފުވެރިކަމެއް ނެތި، ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އަމާޒުކޮށްގެން ސަރުކާރުން ޢަމަލުކޮށްފައި ވުމުގެ ސަބަބުން ގެއްލިފައިވާ ވިޔަފާރީގެ ފުރުޞަތަށް ބަދަލު ހަމަޖައްސައިދީ، މާލީ ގެއްލުން ލިބިފައިވާނަމަ، އެފަދަ ގެއްލުމަކަށް ޢަދުލުވެރިކަމާއި ހާމަކަމާއެކު އަދި ދައުލަތުން އުފުލަންޖެހިދާނެކަމަށް އަންދާޒާކުރެވޭ މާލީ ބުރަ ވީވަރަކުން ކުޑަކުރުމާއެކު، ގެއްލުމުގެ ބަދަލު ހަމަޖައްސައިދީ ނުވަތަ ގެއްލުމުގެ ބަދަލު ދީ، މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެއް ކަމަށެވެ. 

އެ އުސޫލުގެ ދަށުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރި މުޢާމަލާތްތަކަށް ހަދައިފައިވާ އެއްބަސްވުންތަކުގެ ތެރެއިން، 7 އޮގަސްޓު 2008 އިން ފެށިގެން އުސޫލަށް ޢަމަލުކުރަން ފަށާ ތާރީޚާ ދެމެދު، އެ އެއްބަސްވުމަކާމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށް ބުނެފައިވެއެވެ.

ރައީސް އޮފީހުން މިފަދަ އުސޫލެއް ނެރެ އިއްޔެ އަމަލުކުރަން ފަށާފައިވާއިރު، އެ އުސޫލު ނެރުމުގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި ސަރުކާރުން ބަދަލު ދީފައިވާ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ކޮމެންޓް
ހުސޭނުބެ
ރައްޔިތުންގެ ފައިސާ ބަހާ ހުސްކުރަން އުޅެނީ ރައްޔިތުންނަށެވެ. ގަޑުވަރު އަޅަން ބިންގަނެ، ގަޑުވަރު އަޅާކަށެއް ނޫނެވެ. އެހެންވީމާ އޯކޭނު؟
29 Nov 2022
ގުޅޭ ލިޔުންތައް
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.