ޝެއިޚް އަބްދުﷲ ބިން މުހައްމަދު-- ފޮޓޯ/ދާރިސް ޓީވީ
ހަބަރު
01 Dec 2022 | 09:51
'ޖަވާހިރުލް ގުރުއާން' އަކީ ސާބިތު ފޮތެއް ނޫން: ޝެއިޚް އަބްދުﷲ

'ޖަވާހިރުލް ގުރުއާން' އަކީ އެއްވެސް ހާލެއްގައި ސާބިތު ފޮތެއް ނޫން ކަމަށް ޖަމިއްޔަތުއްސަލަފްގެ ރައީސް ޝެއިޚް އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޚާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތައް ކިޔައި އުޅޭ ފޮތެއް ކަމަށް ޖާވހިރުލް ގުރުއާން ފޮތާއި ގުޅޭ ގޮތުން ދާރިސް ޓީވީ އިން ގެނެސްދިން ސުވާލަކީ ކޮބާ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން ޝެއިޚް އަބްދުﷲ ވިދާޅުވީ، އެއީ އެއްވެސް ހާލެއްގައި ސާބިތު ފޮތެއް ނޫން ކަމަށާ އަދި ކިޔަން ހެޔޮވާ ވަރުގެ ފޮތެއްވެސް ނޫން ކަމަށެވެ. 

"ޖަވާހިރުލްޤުރްއާންގެ ނަމުގައި މިވާ ފޮތަކީ ބޭފުޅަކަށް ފެނިފައިވާ ހުވަފެނެއްގެ މައްޗަށް ބިނާވެފައިވާ ފޮތެއް. އެޔަކީ ޤުރްއާނާއި ސުންނަތުން އޭގެ އެއްވެސް އަސްލެއް އޮތް އެއްޗެއް ނޫން. އަދި ޤުރްއާނުން ނަގާފައިވާ އާޔަތްތަކުގެ ނަމުގަ އެބަވޭ ޤުރްއާނުގައި ނުވެސް ނެތް ކިތަންމެ ޢިބާރާތެއް. އެހެންކަމުން އެ ވިސްނުމުގަ އެ ފޮތް ކިޔުމަކީ އެއީ ބިދުޢައެއް." ޝެއިޚް އަބްދުﷲ ވިދާޅުވިއެވެ.  

މިއާއެކު ޝެއިޚް ވަނީ، އެ ފޮތް ކިޔަމުން އަންނަ މީހުން އެ ފޮތް ކިޔުން ހުއްޓާލައި ސައްހަވެގެންވާ ދުޢާތަކަށް ރުޖޫޢަވުމަށް ނަސޭހަތްތެރިވެފައެވެ. 

ދީނީ، އިޖްތިމާއީ އަދި އެނޫންވެސް މައުޟޫތަކަށް ޕްރޮގްރާމްތައް ގެނެސްދޭ ދާރިސް ޓީވީން ގެނެސްދޭ ސުވާލަކީ ޕްރޮގްރާމް އަކީ ބެލުންތެރިންގެ ހިތުގައި އުފެދިފައިވާ އެކިއެކި ދީނީ ސުވާލުތަކަށް ޖަވާބު ދިނުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. 

ކޮމެންޓް
އައްޔައައްޔަ
https://t.me/dhaaristvstream?livestream
01 Dec 2022
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.