އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތު
ހަބަރު
01 Dec 2022 | 11:41
ޖޭއެސްސީީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް މިހާތަނަށް ކުރެވުނު ކަންކަމުގެ ތަފްސީލް ދީފި

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާއާއި، ކަމާގުޅޭގޮތުން ކުރެވުނު ދިރާސާގެ އަލީގައި "ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފިއެވެ. 

ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، އެ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ، އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދެވެ. އެގޮތުން، ޝަރުޢީ ދާއިރާގެ އިޞްލާޙީ މަސައްކަތްތައް 2019 ވަނަ އަހަރު ފަށާފައިވާއިރު، އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުޙަލާގައި ކުރިއަށްގެންދިޔައީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި، އަދި ފަނޑިޔާރުންގެ ސުލޫކީ ހަމަތަކާގުޅޭ އުސޫލުތަކާއި ފިޔަވަޅުއެޅުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަކީ، ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ އިޞްލާޙީ މަސައްކަތުގެ ފަހު މަރުޙަލާގައި ކުރިއަށްގެންދެވޭ މަސައްކަތެކެވެ. 

އޭޖީ އޮފީހުން އާއްމު ކުރި ކަރުދާހުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، ކަމާގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާގުޅޭ ބިލުތައް އެކުލަވާލުމުގެ ކުރިން، ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާއާއި، ޢާންމުންގެ ޚިޔާލާއި، ކަމުގެ މާހިރުންގެ ލަފަޔާއި، އަދި ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށްފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ