މަސްވެރިން ކަނޑުމަތީގައި/ ފޮޓޯ: ދިވެހި މަސްވެރިން
ހަބަރު
01 Dec 2022 | 11:50
މަސް ދޯނީގައި ބިދޭސީން ގެންގުޅެވޭ އަދަދު އިތުރުކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

މަސް ދޯނި ފަހަރުގައި ބިދޭސީން ގެންގުޅެވޭނެ އަދަދު އިތުރުކުރެވޭ ގޮތަށް ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު ބަދަލުކޮށްފިއެވެ. 

ގަވައިދަށް ގެނަ އިސްލާހުގައި ބިދޭންސީން ގެންގުޅެވޭނެ އަދަދު ކަނޑައަޅާފައިވަނީ ދޯނީގެ ބޮޑު މިނަށެވެ.

އެގޮތުން 15 މީޓަރަށް ވުރެ ކުދި އުޅަނދުތަކުގައި ގިނަވެގެން ހަތަރު ބިދޭސީން ކަމަށާއި 15 މީޓަރާއި 24 މީޓަރާއި ދެމެދުގެ އުޅަނދުތަކުގައި ގިނަވެގެން ހަ ބިދޭސީން ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.

އަދި 24 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައި ގިނަވެގެން އަށް ބިދޭސީން ގެންގުޅެވޭނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.

ގަވައިދަށް ގެނަ އިސްލާހުގައި ބުނެފައިވަނީ ހަމައެކަނި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ނުވަތަ ހަމައެކަނި ބޮޑު ކަންނެލީގެ މަސްވެރިކަން ކުުރާ އުޅަނދުތަކުގައި ބިދޭސީނަށް ހަރަކާތެރިވުމަށް ލައިސަންސް ދެނީ 12 މަސް ދުވަހަށް ކަމަށެވެ.

އެއީ 15 މީޓަރަށްވުރެ ކުދި އުޅަނދުތަކަށް 500 ރުފިޔާ ކަމަށާއި 15 މީޓަރުން ފެށިގެން 20 މީޓަރާ ހަމައަށް 1،000 ރުފިޔާ ކަމަށެވެ. އަދި 20 މީޓަރުން ފެށިގެން ބޮޑެތި އުޅަނދުތަކަށް 1،500 ރުފިޔާ ކަމަށް ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައި ވެއެވެ.

އަދި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި ބޮޑުކަންނެލީގެ އަތުނަނު މަސްވެރިކަން ކުރާ އުޅަނދުތަކަށްވެސް ލައިސަންސް ދެނީ 12 މަސް ދުވަހަށް ކަމަށާއޖ 20 މީޓަރުން ބޮޑެތި ނަމަ ފީއަކަށް 1،800 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެ ބިދޭސީންނަށް މަސްބޭނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިއެއް ނުވެވޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.