އެންސްޕާގެ ސީއީއޯ/ ފޮޓޯ: ޕީއެސްއެމް
ހަބަރު
01 Dec 2022 | 12:15
ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކުރުމުން، ޚިދުމަތް ދިނުމަށް އަވަސްވާނެ: އެންސްޕާ

ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކުރުމަކީ، އެމީހުންގެ ޙާލަތު ދެނެގަނެވި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނެކަމެއްކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ސީއީއޯ މަރްޔަމް ޝަފީޤް ވިދާޅުވެއްޖެއެވެ.

އެންސްޕާގެ ސީއީއޯ މަރްޔަމް ޝަފީޤް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކުރާނީ އެމީހެއްގެ ނުކުޅެދުންތެރިކަން ހުރި މިންވަރަށް ބަލައިގެން ކަމަށެވެ. އަދި އެކަން ކުރާނީ ޑޮކްޓަރުން މެދުވެރިކޮށް ކަމަށާއި، އެކަމަށް ޚާއްސަ ރަޖިސްޓްރީއެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މަރްޔަމް ޝަފީޤް ވިދާޅުވިއެވެ.

މަރްޔަމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތި ކުރުމަކީ އެލަވަންސް ދިނުމުގެ އިތުރަށް، އެމީހުންނަށް އެތައް ފައިދާއެއް ވާނެ ކަމެއްކަމަށެވެ.

މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަކިވަކި މީހުންގެ ތަފްސީލްތައް ހޯދަން އެހުންކަމަށާއި، ނަމަވެސް އެމީހުން ގިންތި ކޮށްފައި ހުރުމަކީ ބަލި މީހުން ދެނެގަނެވި، އެމީހުންނަށް ފަސޭހައި ޚިދުމަތްތައް ދެވޭނެ މަގެއް ކަމަށް މަރްޔަމް ވިދާޅުވިއެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ގޮނޑިއާއި، ހިއަރިން އެއިޑް އަދި އެނޫންވެސް ކަންކަން ބޭނުންވެފައިވާ މީހުން އެކަމަށް އެދުމުގެ ކުރިން އެމީހުން ދެނެގަނެވި އެޚިދުމަތް ފޯރުކޮށްދެވުން އަވަސްވެގެން ދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށް، އެމީހުންނަށް ދައުލަތުން ދެމުން އަންނަ އެލަވެންސް ބޮޑުކުރުމަށް ހިމަނާފައެވެ.

ރާއްޖޭގެ އާބާދީގައި 36000 އަށްވުރެ ގިނަ ނުކުޅެދުންތެރިކަމުގެ އެކި ޙާލަތު ކުރިމަތިވެފައިވާ މީހުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް ބޮޑުކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވެސް ވަނީ ޢިއުލާންކުރައްވާފައެވެ.

އެ ބަދަލު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުން މި ބަޔަށް ކުރެވޭ ހޭދަ މިއަހަރަށްވުރެ %6 އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.