ރައީސް މުހައްމަދު ނަޝީދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ-- ފޮޓޯ/މަޖިލިސް
01 Dec 2022 | 13:16
އިންޑިއަށް ތައުރީފްކުރައްވައި، ރައީސް ނަޝީދުގެ ތުހުމަތުތައް އަނެއްކާވެސް ޗައިނާއަށް!

އިންޑިއާ އާއި ޗައިނާ އަކީ އެއް ފިއްސަކުން ކުލަ ޖެއްސޭނެ ދެގައުމު ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ތަޢުރީފް ކުރައްވައި، ޗައިނާ އަށް އަނެއްކާވެސް ތުހުމަތުތަކެއް ކުރައްވައިފިއެވެ. 

ނަޝީދުގެ ތުހުމަތު އަނެއްކާވެސް ޗައިނާއަށް އަމާޒުވެފައި މިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓާ އެކައުންޓަކުން ކުރި ޓްވީޓަކަށް ދެއްވި ރައްދެއްގަ އެވެ.

ހަސަން ކުރުސީގެ ނަމުން ހިންގާ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ޗައިނާއަށްވެސް، އިންޑިއާއަށްވެސް އަބަދު މިރާއްޖެއަށް ލޯނު އެހީ ނުދެވޭނެ ކަމަށެވެ. އެކަން ތަކުރާރު ވާނަމަ ދިވެހީންގެ ހަރުމުދާ އެ ގައުމުތަކަށް ދޭން ޖެހޭ ހިސާބަށް ކަންކަން ހިނގައިދާނެ ކަމަށެވެ. އެ ހަރު މުދާ ތަކުގެ ތެރޭގައި، ސީޕޯޓް ތަކާއި އެއާޕޯޓް ތައްވެސް ހިމެނޭނެ ކަމަށް ހަސަން ކުރުސީގެ އެ ޓުވީޓުގައި ބުނެފައިވެއެވެ. 

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓާ އިން ވެރިފައިވެސް ކޮށްފައިވާ އެ އެކައުންޓަކީ ރައީސް ނަޝީދު ކަމަށް އެމްޑީޕީގެ ވެސް ބައެއް ބޭފުޅުން ވިދާޅުވާއިރު، މީގެ ކުރިންވެސް، އަދި ހަސަން ކުރުސީގެ އެ ޓުވީޓަށް ރައްދު ދެއްވަމުންވެސް ރައީސް ނަޝީދު ވަނީ އެއީ އެމަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށް ވިދާޅުވެފައެވެ.  

އެއާއެކު، އިންޑިއާ އާއި ޗައިނާއަކީ އެއް ހަމައެއްގައި މިނޭނެ ދެ ގައުމެއް ނޫން ކަން ފާހަގަ ކުރައްވަމުން އިންޑިއާއަށް ތައުރީފު ކުރައްވާ ނަޝީދު ވިދާޅުވީ އިންޑިއާއިން ދިވެހީންނަށް އެހީތެރިވެ ދެނީ މިނިވަން ކަމާއެކު ތަަރައްގީގައި ކުރިއަށް ދިއުމަށް ކަމަށެވެ. އެހެންނަމަވެސް، ޗައިނާގެ އެހީގެ މަގުސަދަކީ އެ ގައުމުގެ ބޭނުންތަކަށް ފުރުސަތު ފަހިކޮށް ދަރަނި ދަންތުރައެއްގައި ޖެެއްސުން ކަމަށްވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ. 

މީގެ ކުރިންވެސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވަނީ، އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، ޗައިނާއިން މަސައްކަތް ކުރަނީ ދިވެހިރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސަން ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ