ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
01 Dec 2022 | 13:31
ފޭސް 2 ގެ މަސައްކަތް ކުރީ ސަރުކާރުން ކުރީ އެކަށީގެންވާ ޕްލޭނެއް ނެތި: މިއުވާން

ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްގީ ކުރި އިރު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުން އެކަން ކުރައްވާފައިވަނީ އެކަށީގެންވާ ޕްލޭނެއް ނެތި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.  

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ، ފާއިތުވި ހަފްތާތެރޭގައި ރައީސުލްޖުމްހުރިއްޔާގެ ނާއިބު، ފައިސަލް ނަސީމް ހިޔާ ސަރަހައްދުގައި ހަރަކާތްތެރިވާ އެކިއެކި ޖަމިއްޔާތަކާއި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގެ ތެރެއިން ހުޅުމާލޭގަޔާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. 

"އެނގިވަޑައިގަންނަވާނެ، އެތައްހާސް ރައްޔިތުންގެ އާބާދީއަކަށް ފޭސް 2 ތަރައްގީ ކުރެވިގެންދިޔައިރު އެކަށިގެންވާ ޕްލޭނެއް ނެތި މީގެ ކުރީ ސަރުކާރުން އެކަން ކޮށްފަ އެއޮތީ. ހިޔާ ޓަވަރު ތަކުގައި މީހުން ދިރިއުޅެންގެށިއިރު، އެ ސަރަހައްދަށް ބޭނުންވާ އެހެނިހެން ގާއިމްކުރުމުގެ އެކަށީގެންވާ ޕްލޭނެއް ނެތުމާއި އެއްކޮށް، އެ ޕްލޭން ހަދައި އެކަން ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން މިދަނީ. އެކަމުގައި، ޓަވަރު ތަކުގައި ދިރިއުޅޭ އާއްމު ރައްޔިތުންގެ ވެސް ޚިޔާލާއި މަޝްވަރާ އާއި އެއްކޮަށް އެކަން ކުރަމުން މިދަނީ." މިއުވާން ވިދާޅުވިއެވެ. 

އެގޮތުން، އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަދި ޒުވާނުންނަށްވެސް އެކަށީގެންވާ ޚިދުމަތް ތަކެއް ގާއިމް ކުރުމަށް އާ އެތަނުގައި ޔޫތު ސެންޓަރެއް ގާއިމް ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫތު ސެންޓަރުގެ އިތުރުން އުމުރުން ދުވަސްވީ މީހުން އެކީ އެއްތަން ވެލައި، ވާހަކަދައްކާ ހިތްހަމަޖައްސާލުމަށް، އެ ސަރަހައްދުގައި އެލްޑާލީ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތާއި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ގިނަ މަސައްކަތް ތަކެއް ކުރުމުގެ އިތުރުން، ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރުމަށް ވެސް މަސައްކަތް ތަކެއް ކުރެވެމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް ފޭސް 2 ތަރައްގީ ކުރި އިރު، ކުރީ ސަރުކާރުގެ ޕްލޭންއެއް ނެތް ކަމާއި، އެހެންކަމުން މިސަރުކާރުން ޕްލޭން ހަދައިގެން ގިނަ ކަންކަން އެ ސަރަހައްދަށް ކޮށްދެމުންދާކަން ހާމަކޮށްދެއްވުމަށް މިއުވާން ވަނީ މަސައްކަތް ކުރައްވާފައެވެ. 

މިއުވާން މިފަދައިން ވިދާޅުވި ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ފޭސް 2 ތަރައްޤީކުރާނެ ގޮތާ ގުޅޭ ގޮތުން 2015 ވަނަ އަހަރުގައި އާންމުކޮށްފައިވާ ޕުލޭންތަކިގައި އެ ސަރަހައްދުގައި ޤާއިމުކުރާނެ ސުކޫލުތަކާއި، ހޮސްޕިޓަލުތަކާއި، އަދި މަގުތައް ހަދާނެ ގޮތާއި އިތުރު ވަސީލަތްތައް ޤާއިމުކުރާނެ ގޮތް ހާމަކޮށްފައިވެއެވެ. އޭގެ އިތުރަށް އެ ސަރަހައްދުގައި ސަފާރީއާއި ޔޮޓުފަހަރު ބަނދަރުކުރެވޭ ގޮތަށް ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޕުލޭނުކޮށްފައި އޮތެވެ.

ކޮމެންޓް
ބީސީއެން
މިއަދުވެސް 2 ޑޮކްތަރަކައް ދައްކާލަން މާލެ އައީ 1މަސްވާނޭބުނީ ކިއުގަ ދެން ދާންވީ ތިމީހުންގެ ނާސިދު ނޫނީ އުއްޗު ކައިރިއައް. އައިޖީއެމްއެޗް ވެސް އުވާލާ އޭރައް ތިޓީމްއައް ފައިދާވާނީ
01 Dec 2022
ބީސީއެން
މީހުންގެ ވާހަކަ ނުދައްކާ ދައުލަތުގެ ބިން ރިއަލްއެސްޓޭޓް ކުންފުންޔަކުން ހިލޭ ގޯތިދެވެނީ ކޮންގާނޫނަކުން ތޯބަލާބަލަ. މާލެސިޓީގެ ގޯތިދެނީ ކުންފުންޔަކުން ރަޖިސް ޓްރީ ކުރަން ދަނީ މާލެސިޓީކައުން ސިލްއައް ވަރައް ހެއްވާ
01 Dec 2022
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.