ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު
ހަބަރު
02 Dec 2022 | 07:17
ބާޒާރު ކޮތަޅަކަށްދޭ ގަދަރުވެސް، މިއަދު ރައްޔިތުންނަށް ނުދޭ: ޢަލީ ރަމީޒު

އަދުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކަާރުން ބާޒާރު ކޮތަޅަކަށްދޭ ގަދަރުވެސް، ދިވެހި ރައްޔިތުންނަށް ނުދޭ ކަމަށް ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ވިދާޅުވެއްޖެެއެވެ.

ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ގެ މެޗެއް ބައްލަވައި ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެ ގައުމަށް ވަޑައިގަންނަވަން ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލްޘާނީ ދައުވަތު ދެއްވާފައިވާ ކަމަށާ, އެހެންކަމުން ވޯލްޑްކަޕް ގެ ފަހުގެ މެޗުތަކުން މެޗެއް ބައްލަވައި ލެއްވުމަށް ރައީސް ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން އިއްޔެ ބޭއްްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ ޢަކީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންނާއިމެދު ކުޑަވެސް ލޯތްބެއް އޮތްނަމަ، ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކޮށްފައި ވޯލްޑްކަޕް ބަލަން ރައީސް ވަޑައި ނުގަންނަވާނެކަމަށެވެ. 

"ބާޒާރު ކޮތަޅަކަށްދޭ ގަދަރުވެސް، މިއަދު ދިވެހި ރައްޔިތުންނަށް ނުދޭ" ޢަލީ ރަމީޒު ވިދާޅުވިއެވެ. 

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ ޖަނަވަރީ މަހުން ފެށިގެން، ރައްޔިތުން އަތުން ނަގާ ޖީއެސްޓީ 6 އިންސައްތަ އިން 8 އިންސައްތައަށް އަދި ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ބާޒާރު ކުރާއިރު ދޭ ޕްލާސްޓިކް ކޮތަޅު ތަކުންވެސް 2 ރުފިޔާ ނެގަން މިހާރު ވަނީ ފަށާފައެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މިފަދައިން ރައްޔިތުން އަތުން ފައިސާ ހޯދަމުންދާއިރު، ސަރުކާރުން ދަތުރުތަކަށާއި ސިޔާސީ މަގާމްތަކަށް ކުރާ ޚަރަދުތައް މަދުކުރުން މާ ބުއްދިވެރި ކަމަށް ގިނަ ބަޔަކު ދެކެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.