ހަނިމާދޫ ދާއިރާގެ ޓިކެޓް އަބްދުލްޣަފޫރު ކާމިޔާބުކުރައްވައިފި

19 Jan 2019 | 06:54

އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ޕްރައިމަރީ، މި ހިނގާ މަޖިލީހުގެ ކުޅުުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކާމިޔާބު ކުރައްވައިފިއެވެ.

އެކަން އަބްދުލްޣަފޫރު ވަނީ އެބޭފުޅާގެ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ކަށަަވަރުކޮށްދެއްވާފައެވެ.

މެންބަރު ޣަފޫރު ވިދާޅުވީ ހަނިމާދޫ ދާއިރާގެ ޕްރައިމަރީ 89އިންސައްތައިން ކާމިޔާބުކުރައްވާފައިވާ ކަމަށެވެ. އެބޭފުޅާ މި ޓްވީޓްގައި ވަނީ ވޯޓުދެއްވި އެންމެހާ ބޭފުޅުންނަށާއި، އެކުގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރުދަންނަވާފައެވެ.

އަބްދުލްޣަފޫރަކީ ހަނިމާދޫ ދާއިރާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އެބޭފުޅާ އަކީ މީގެ ކުރިން ދިގު މުއްދަތެއްގައި ސިފައިންގޭގައި ޚިދުމަތްކުރައްވާފައިވާ، އަދި މިހާރު އަމިއްލަ ވިޔަފާރިއެއްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 

Advertisement

ކޮމެންޓް