ފިނޭންސް މިނިސްތްރީ ހުންނަ އިމާރާތް
ހަބަރު
16 Jun 2026 | 11:39
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 19.1 ބިލިއަން ރުފިޔާ ލިބިއްޖެ

 ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 19.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މާލީ ވުޒާރާއިން ނެރުނު އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައި ބުނެފައިވަނީ، މިހިނގާ ޖޫންމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު 19.1 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 10.1 އިންސައްތަ ނުވަޔަ 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ، 17.3 ބިލިއަން ރުފިޔާއެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސުން ބުނީ މިއީ ރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ހަރަކާތްތަކުން ލިބޭ އާމްދަނީ މެދުނުކެނޑި ކުރިއަރަމުންދާކަން ހާމަކޮށްދޭ ހެތްކެއް ކަމަށެވެ. އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ބޮޑު އަދަދެއް ލިބުނީ ޓެކުހުންނެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 14.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު އުޅެނީ 13.2 ބިލިއަން ރުފިޔާގައެވެ.

ޓެކުހުގެ ގޮތުގައި އެންމެބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީންނެވެ. ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިއަން ރުފިޔާއިން 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ހަރަދުތަކާ ގުޅޭގޮތުން ފިނޭންސްގެ ރިޕޯޓްގައި ބުނެފައިވަނީ، ޖޫންމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ އަކީ 19.2 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.6 އިންސައްތަ އިތުރު އަދަދެކެވެ. ހަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބެއްގޮތުގައި ފާހަގަކޮށްފައިވަނީ، މަގުތަކާއި ފާލަން އަދި އެއާޕޯޓް ފަދަ އުމްރާނީ މަޝްރޫޢުތަކަށް ކުރާ ހޭދަ އިތުރުވުމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް މިފަދަ މަޝްރޫޢުތަކަށް 818.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ރިޕޯޓުން ދައްކައެވެ.

ފިނޭންސްގެ ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައިވާގޮތުން ޕީއެސްއައިޕީގެ ޚަރަދުތަކުގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ސަބްސިޑީތަކަށް ކުރާ ޚަރަދު، 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއަހަރު ވަނީ ބޮޑުވެފައެވެ. އެގޮތުން ޖޫން ހަތަރެއްގެ ނިޔަލަށް ސަބްސިޑީއަށް 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރު މި މުއްދަތުގައި 2.3 ބިލިއަން ރުފިޔާ ހިނގައި ގާތްގަނޑަކަށް ހަރަދުތައް ވަނީ ދެގުނަ މައްޗަށް ގޮސްފައެވެ.

ފިނޭންސުން ބުނީ ތަފާސްހިސާބުތަކުން ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއާއެކު ދައުލަތުގެ މާލީ ދުޅަހެޔޮކަން އިތުރުވަމުންދާ ކަމެވެ. އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ އަގު އުފުލުނަ ނުދީ ހިފަހައްޓާފައިވުމުގެ ސަބަބުން ސަބްސިޑީތަކަށް ދައުލަތުން ކުރާ ޚަރަދު ބޮޑުވެފައިވާކަމެވެ. އެހެން ނަމަވެސް، އުމްރާނީ ތަރައްޤީއާއި ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދައުލަތުން ކުރާ އިންވެސްޓްމަންޓްތައް މެދުނުކެނޑި ކުރިއަށްދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި