އީރާނާއި ނިއުޒިލެންޑް ކުޅުނު މެޗްގެ ތެރެއިން... ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
16 Jun 2026 | 09:27
ނިއުޒިލެންޑާ ކުޅެ އެއްވަރުވި ނަމަވެސް، އީރާން ޓީމްގެ ފަރާތުން ފެނުނީ ތަފާތު ރޫހެއް

ގޮންޖެހުންތައް ހުރިނަމަވެސް އީރާނުން ނިއުޒިލެންޑް ހިފަހައްޓައި އެޓީމްގައި އޮތް ރޫހު ދައްކާލައިފިއެވެ.

އެމެރިކާގައި ކުޅުނު މިމެޗަށް އީރާން ޓީމް ނިކުތްއިރު އެޓީމް މުބާރާތަށް ނިކުތީ އެތަކެއް ހުަރސްތަކާއި ބޮޑެތި ގޮންޖެހުންތަކާއެކުގައެވެ. އެގޮތުން އެންމެބޮޑު ގޮންޖެހުމެއް ކުރިމަތިލާން ޖެހުނީ މުބާރާތް ބައްވާ އެމެރިކާގެ ފަރާތުންނެވެ. އީރާނާއި އެމެރިކާ އާއި ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އީރާން ޓީމަށް މިފަހަރު ވަރލްޑްކަޕަށް ތައްޔާރުވެ މުބާރާތައް އާދެވުނީ ވަރަށްބޮޑެތި ގޮންޖެހުންތަކާއެކުގައެވެ.

ދެ ޓީމްގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނިއުޒިލެންޑުން ވަނީ ހަތްވަނަ މިނެޓް ގައި ލީޑް ނަގާފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ، ނޮޓިންގހަމް ފޮރެސްޓުގެ ފޯވާޑް ކްރިސް ވުޑް ދިން ބޯޅައަކުން، މަދަވެލްގެ ފޯވާޑް އެލައިޖާ ޖަސްޓެވެ.

ނިއުޒިލެންޑުން ލީޑް ނަގާފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން އީރާނުން ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، 32 ވަނަ މިނެޓް ތެރޭގައި ރާމިން ރެޒާ އިއާން އެވެ.

މެޗްގައި ދެވަނަ ފަހަރަށް ނިއުޒިލެންޑުން ލީޑް ނަގައިދިނީވެސް ޖަސްޓެވެ. ނިއުޒިލެންޑުން ލީޑް ނެގިތާ 10 މިނެޓް ތެރޭގައި އީރާނުގެ މުޙައްމަދު މުހިއްބީ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި މެޗްގެ ނަތީޖާ ވަނީ ހަމަހަމަކޮށްފައެވެ. މި މެޗަކީ މި މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗްކަން ފާހަގަކޮށްލެވެއެވެ. މެޗްގައި އީރާން ޓީމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

އީރާން ހިމެނޭ ގްރޫޕަށް ބަލާއިރު، މިހާތަނަށް ކޮންމެ ޓީމަކުންވެސް އެއްމެޗް ކުޅެ ނިންމާލިއިރު ކޮންމެ ޓީމަކަށްވެސް ވަނީ އެއް ޕޮއިންޓް ލިބިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.