ބޮން އަޅާ ބޯޓު ވެއްޓުނު ސަރަހައްދު-
ދުނިޔެ
16 Jun 2026 | 08:59
އެމެރިކާ އަސްކަރިއްޔާގެ ބޮންއަޅާ ބޯޓެއް ވެއްޓި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 ސްޓްރެޓޯފޯޓްރެސް ބޮންއަޅާ ބޯޓެއް ކެލިފޯނިއާގެ އެޑްވާޑްސް ވައިގެ މަރުކަޒުން ނައްޓާލިތާ ކުޑައިރުކޮޅެއް ފަހުން ވެއްޓި ބޯޓުގައި ތިބި އަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެޑްވާޑްސް ވައިގެ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ މަޢުލޫމާތުތަކަށް ބަލާއިރު މި ހާދިސާއިން އެކަކަށްވެސް ސަލާމަތްވެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ލޮސް އެންޖެލީސްގެ ގާތްގަނޑަކަށް 100 މޭލު އުތުރުގައި އޮންނަ އެ މަރުކަޒުން ބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއް ފަހުން މެންދުރު ގާތްގަނޑަކަށް 11:20 ގައި ބޯޓު ވެއްޓުނެވެ. ވައިގެ މަގުން ނެގި ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު އެއްކޮށް ހަލާކުވެ ބޯ ކަޅު ދުން ސަހަރާގެ ބޮޑު ސަރަޙައްދަކަށް ފެތުރިފައި ވެއެވެ.

ބޯޓު ވެއްޓުނު ސަބަބު ތަޙުޤީޤު ކުރަމުންދާއިރު ބޯޓުގައި ތިބި ފަޅުވެރިންގެ ތަފްސީލެއް ނުވަތަ ބޯޓުގައި ހަތިޔާރެއް ހުރިތޯ ވައިގެ ސިފައިން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން އެ މަރުކަޒުގެ ވައިގެ ބަނދަރު ވަގުތީ ގޮތުން ބަންދުކޮށް ވިޔަފާރީގެ ބޭނުން ނޫން ގޮތަށް ޒިޔާރަތްތައް ކުރުން ވެސް ހުއްޓާލާފައެވެ.

ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމުގެ ތަޖުރިބާކާރު ޖެފް ގަޒެޓީ ބުނީ ނައްޓާލިތާ ކުޑައިރުކޮޅެއް ތެރޭ ވެއްޓުމަކީ ފްލައިޓް ކޮންޓްރޯލް މައްސަލައެއް ކަމަށް ބެލެވިދާނެ ކަމަށެވެ.

"މިއީ ޔަގީނުން ވެސް ކޮންޓްރޯލެބިލިޓީ މައްސަލައެއް" ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ސީދާ ސަބަބު ދެނެގަތުމަށް އަދި މާ އަވަސް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ބީ-52 ސްޓްރެޓޯފޯޓްރެސް އަކީ 1955 ވަނަ އަހަރު ޚިދުމަތަށް ނެރެ އެމެރިކާ ސިފައިންގެ ފްލީޓުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ބޮންއަޅާ ބޯޓެވެ. ވިއެޓްނާމް ހަނގުރާމައިން ފެށިގެން މިފަހުން އެމެރިކާއިން ކުރަމުންދާ ހަނގުރާމަތަކުގައިވެސް މި ބޯޓު ބޭނުންކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ