އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އައްޑޫ ލައިވް
ހަބަރު
03 Dec 2022 | 13:02
މިހާރު ވެރިކަން ކުރަމުންދަނީ އާންމުން އެދޭ ގޮތާއި ޚިލާފަށް: ނަޝީދު

އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުން މިހާރު ވެރިކަން ކުރަމުން ދަނީ ރައްޔިތުން އެދޭ ގޮތާއި ޚިލާފަށް ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު ވެރިކަން ކުރަމުން ދަނީ ރައްޔިތުން ނިންމާފައި އޮތް ގޮތަށް ނޫންކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ ދެކޮޅު ނުޖެހުންތައް އުފެދިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅިގެން ދާނެކަމަށް ނަޝީދު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ވެރިކަން އެންމެ ރަނގަޅީ ނިޒާމީ ވޯޓެއް ނެގުމަށްފަހު ރައްޔިތުންގެ ނިންމުމާއި އެއްގޮތަށްކަމަށެވެ. ނިޒާމީ ވޯޓަކަށް ނުގޮސް ވެރިކަން ކުރަން ފެށުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއްކަމަށް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. 

"މީކީއެއް ރައްޔިތުން ނިންމި ގޮތެއް ނޫން. ރައްޔިތުން ނިންމާ ގޮތަށް ސަރުކާރު އެކުލަވާލެވެން ޖެހޭނީ. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދެންނެވިން ރައީސް އޭ ވެރިކަން ފައްޓަވާފައި މިކަމަށް އިސްކަން ދެއްވުުމަށް އަޅުގަނޑު ވަރަށް އެދެމޭ. އެހެން ބުނެގެން އަޅުގަނޑު މި ހުންނަނީ"

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭކަމަށް ނަޝީދު ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. 

މީގެ ދެ ދުވަސްކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ބޭނުން ސުވާލެއް ކުރުމަށް ހުޅުވާލައި ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންވެސް ނަޝީދު ވަނީ ކޯލިޝަނަށް ވެރިކަން ލިބޭތާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް ކޯލިޝަނުން އެއްބަސްވި މެނިފެސްޓޯގައި އޮންނާނެކަމަށް ވިދާޅުވެފައެވެ. 

ނިޒާމީ ވޯޓެއް ނުނަގާ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަކީވެސް އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރަނގަޅު ގޮތް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ. 

"އެއީ ވަރަށް ބޮޑު ވައުދެއް. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވެވުނު ވައުދެއް. އެ ވޯޓަށް އަދި ނާހާ. އަޅުގަނޑަށް ފެންނަތަނުގައި ރައްޔިތުން ގާތުގައި އެވާހަކަ ނާހާ ދެން އިތުރު ވާޙަކަ އެއް އަހަން އުޅުމަކީ ބުުއްދިވެރި ކަމެއް ނޫން."

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 

ނަޝީދުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އެމްޑީޕީއިން ރައްޔިތުންނަށް ވީ ވައުުތައް ފުއްދުމުގައި ރައީސް ސޯލިހު ފަހަތުފަޔަށް ބުރަވެވަޑައިގެން ހުންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު ރައީސް ސޯލިހަށް އެންމެ ބޮޑު ފާޑުކިޔުއްވުމެއް އަމާޒުކުރައްވާފައިވަނީ ނިޒާމީ ވޯޓު ނުނަންގަވާ މައްސަލައާއި ގުޅިގެންނެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅިގެން އެމްޑީޕީގެ ދެ ރައީސުންގެ ޚިޔާލު ވަރަށް ބޮޑަށް ތަފާތުކަން ފާހަގަކުރެވެއެވެ.

އެމްޑީޕީގެ ދެ ރައީސުންގެ ދެމެދުގައި އެންމެ ބޮޑު ނުތަނަވަސްކަމެއް އުފެދިފައި ވަނީވެސް ނިޒާމީ ވޯޓާއި ގުޅިގެންކަމަށް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތައް ވިދާޅުވެއެވެ. 

ކޮމެންޓް
އާދަނު
އަނގައެއްއޮތީމަތަޅަނީ !!
03 Dec 2022
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ