ކްރިމިނަލް ކޯޓު--ފޮޓޯ/ދިޔަރެސް
ހަބަރު
04 Dec 2022 | 09:45
58 ފަހަރު ހައްޔަރުކުރި މީހެއް، އަނެއްކާވެސް ވައްކަމުގެ ތުހުމަތުގައި ބަންދަށް

މީގެ ކުރިން 58 ފަހަރު ހައްޔަރުކުރި މީހަކުު, އަނެއްކާވެސް އޮފީހެއްގެ ތިޖޫރި ފަޅަން ހުއްޓައި ހައްޔަރު ކޮށް ބަންދުކޮށްފިއެވެ. 

އައްޑޫ ސިޓީ ފޭދުއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ އެ މީހާ މީގެ ފަސް ދުވަސް ކުރިން ހައްޔަރު ކޮށްފައިވަނީ ކޯސްޓްލައިން ކުންފުނީގެ އޮފީހުގެ ތިޖޫރީ ފަޅާލަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ، ވައްކަންކުރުމާއި ހުއްދަނޫން ތަނަކަށް ވަނުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.  

މަގުމަތީގައި ދިރިއުޅެމުންދިޔަ އެ މީހާ ބުނީ އެތަނަށް އޭނާ ވަނީ ނިދަން ކަމަށާއި އަދި އެއީ ގުދަނެއް ކަމަށެވެ. ނަމަވެސް އެއީ އޭނާ ވަނުމަށް ހުއްދަ އޮތްތަނެއް ނޫން ކަމަށް ފުލުހުން ބުނެފައިވާއިރު، އެއީ އޭނާ ނިދަން ހަމަޖެހިފައިވާ ތަނެއް ނޫން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން، އޭނާ ހައްޔަރު ކުރީ ކޯސްޓްލައިން ކުންފުނީގެ އޮފީހުގެ ތިޖޫރި ތަޅާ އަޑުއިވިގެން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެއް ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން އެތަނަށް ގޮސް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެތަނުގެ ތެރެއިން ތިން މީހަކު ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ވައްކަން ކުރުމަށް ބޭނުން ކުރާ އާލާތްތައްވެސް ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ. އޭގެ ތެރޭގައި ދެ ދަތްގަނޑާއި، ދެ ކަށިގަނޑާއި، އެއް ވަޑާން ކަށީގެ އިތުރުން އެއް ގްރޭންޑަރާއި، ދެ ގްރޭންޑަރުބުރާއި ތިން އަންގި ޖޯޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭގެ އިތުރުން އޭނާ އަތުން އެ އޮފީހުގެ މާސްޓަރ ކާޑެއްވެެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ކޯޓަށް ދީފައިވާ މައުލޫމާތަށް ބަލާއިރު، އޭނާއަކީ މިހާތަނަށް 58 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި 19 ފަހަރަށް އޭނާ ބަންދުކޮށްފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.