ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ހަބަރު
04 Dec 2022 | 10:49
ވެރިކަމުގައި ހުންނައިރު ވީހާވެސް ގިނަ ބާރެއް އަމިއްލަ އަތުގައި އޮތުމަށް ގިނަ ބަޔަކު އެދޭ: ރައީސް ނަޝީދު

ވެރިކަމުގައި ހުންނައިރު ވޭހާވެސް ގިނަ ބާރެއް އަމިއްލަ އަތުގައި އޮތުމަށް ވަރަށް ގިނަ ބަޔަކު އެދޭ ކަމަށާ، އެއީ ވެރިކަމުގެ ޠަބީޢަތް ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.   

މިދިޔަ ހުކުރު ދުވަހު ތިނަދޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދުރުވެވަޑައިގެންފައިވާ ސަބަބުތައް ކަމަށް ލަފާކުރެވޭ ދެ ސަބަބެއް ހިއްސާ ކުރައްވާފައެވެ. 

"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ދެކަމެއް މީގެ ތެރެއަށް ވަންނާނެ. ފުރަތަމަ ކަމަކީ ވެރިކަމުގެ ޠަބީޢަތެއް އެއީ ބާރު ކޮންސެލިޑޭޓް ކުރަން ޖެހުން. އެއްވެސް ބޭފުޅެއް ވެރިއެއްގެ ގޮތުގައި ހުންނާކަށެއް ނުވެއް އެދޭނެ، ބާރު، ނުވަތަ އެހެން ގޮތަކަށް ދަންނަވަންޏާ، ވަރަށް ގިނަ ބޭފުޅުން ވެރިކަމުގައި ތިއްބާވާއިރުގައި އެދިވަޑައިގަންނަވާނެ ވިހާވެސް ގިނަ ބާރެއް އަމިއްލަ އަތްޕުޅުގައި އޮތުމަށް" 

ރައީސް މުހައްމަދު ނަޝީދު 

މިއާއެކު ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އަރިހުގައި ރައީސް ޞާލިހު ހުންނަވާ ނަމަ، ރައީސް ޞާލިހު ގެ ވިދުން ކުޑަވާނެ ކަމަށް ބައެއް ބޭފުޅުން ލަފާއަރުއްވަމުން ގެންދެވި ކަމަށެވެ. 

"ރައީސް އަށް ބައެއް ބޭފުޅުން ލަފާ އަރުއްވަމުން ގެންދެވީ، އަޅުގަނޑު ރައީސް އަރިހުގައި ހުންނަ ނަމަ، ރައީސް ފެންނަލެއް މަދުވާނޭ. ކުޑަ ވާނޭ. ވިދާ މިންވަރު ކުޑަވާނޭ." ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެހެންކަމުން އެބޭފުޅުން ރައީސް ޞާލިހުގެ ވިދުން ބޮޑުކުރެވޭނެ ގޮތަކަށް އެބޭފުޅުން ލަފާ އެރުއްވީ، ރައީސް ނަޝީދާއު ވާހަކަ ނުދެއްކެވުން ކަމަށާ، އެމަނިކުފާނު ގެންގުޅުއްވަންވީ އުސޫލަކީވެސް ނަޝީދު އެއްޗެއް ވިދާޅުވެއްޖެ ނަމަ, އެއީ ކިތަންމެ ބުއްދި ހަމަޖެހޭ އެއްޗެއްގެ ގޮތުގައި ވިޔަސް، އެއާއި އިދިކޮޅަށް އެކަން ކުރެއްވުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. 

އަދި އެ ދެ ކަންތައް ކުރައްވަމުން ގެންދެވުމުން ރައީސް ޞާލިހުގެ 'ރެދަން ނުވަތަ ވިދުން' ބޮޑު ވާނެ ކަމަށް އެމަނިކުފާނަށް ލަފާއެރުއްވިފައިވާކަމަށެވެ. 

ރައީސް ޞާލިހާއި ނަޝީދުވެސް އެމްޑީީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާއިރު, އެ ދެބޭފުޅުންގެ ގުޅުން އެންމެ ބޮޑަށް ހީނަރުވެގެން ގޮސްފައިވަނީ، ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެންނެވެ. އެގޮތުން އެ މައްސަލަ އާއި ގުޅިގެން ނަޝީދު ވަނީ ރައީސް ޞާލިހު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯ ތަކެއް ހުރި ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އެހެން ނަމަވެސް ފަހުން ނަޝީދު ވަނީ އެފަދަ ފޮޓޯ ތަކެއް ނެތް ކަން ހާމަވާފަދަ މޭރުމަކުން ވާހަކަ ދައްކަވައިގެން އެވާހަކަ އޮއްބާލަން މަސައްކަތް ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.