ރައީސް ޔާމީންގެ ވަކީލުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ދިޔަރެސް
ހަބަރު
04 Dec 2022 | 11:39
"ރައީސް ޔާމީނާ ދެކޮޅަށް ބަޔާން ދިނުމުން ދައުވާނުކުރާނެކަމަށް ބައެއް ޚަޞްމުން ކައިރީ ބުނި"

އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން، ދައުވާކޮށްފައިވާ އެހެން ބައެއް ޚަޞްމުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދީފިނަމަ އެ ފަރާތްތަކާ ދެކޮޅަށް ދައުވާނުކުރާނެކަމަށް ފުލުހުންގެ އިސްވެރިން ވިދާޅުވެފައިވާކަމަށް ރައީސް ޔާމީނުގެ ވަކީލުން ތުހުމަތުކުރައްވައިފިއެވެ.

މިއަދު ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނުގެ ވަކީލު އަލީ ޝާހު ވިދާޅުވީ, ސިޔާސީ ފަރާތްތަކަށް އުފުލޭ ދައުވާ ތަކާއި ގުޅިގެން، ފުލުހުންގެ އިސްވެރިންގެ ގޮތުގައި ތިބި ބައެއް ބޭފުޅުން، ބައެއް ޚަޞްމުންނަށް ވަކި ގޮތަކަށް ބަޔާން ދިނުމަށް އަންގަވަމުންދާ ކަމަށެވެ.

"ވަކި ގޮތަކަށް ރައީސް ޔާމީން ފުރޭމްކުރުމަށްޓަކައި ކަންކަންކުރުމަށާއި، އަދި އެގޮތަށް ބަޔާން ދީފިކަމަށް ވާނަމަ އެ ފަރާތްތަކުގެ މައްޗަށް ދައުވާނުކުރާނެކަމަށް ބުނެ، އެފަދަ ކަންކަން ހިންގާފައި އެބަހުރި. އެފަދަ ބައެއް އޯޑިއޯތައްވެސް އެބަހުރިމެ. އެ އޯޑިއޯތައްވެސް ހުރިކަން އަޅުގަނޑު ހިތުން މިހާރު ފުލުހުންނަށްވެސް އެނގޭނެ،" ޝާހު ވިދާޅުވިއެވެ.

އެހެންކަމުން، އެކަންކަމަށް ބަލާއިރު ދައުލަތުގެ ރަނގަޅު ނިޔަތެއް މިފަދަ މައްސަލަތަކުގައި ނެތްކަން އެނގޭ މިންވަރަށް ހެކި މިހާރު ތިލަވެފައިވާ ކަމަށެވެ.

މިއާއެކު އޭނާ ވަނީ ދިވެހި މުޖުތަމައުގެ މިހާރުގެ ހާލަތުންވެސް އެކަން ހާމަވާ ކަމުގެ މިސާލު ދައްކަވާފައެވެ. އެގޮތުން، ޖިންސީ ކުށުގެ ތުހުމަތުތައް ސިޔާސީ އެތައް ފަރާތްތަކަށް ކުރެވިފައިވާ ކަމަށާ، ބަނގުރަލުގެ މައްސަލަތަކުގެ ތުހުމަތު ސިޔާސީ އެތައް ފަރާތްތަކެއްގެ މައްޗަށް، ޚާއްސަކޮށް މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ކުރެވޭއިރު، ދައުލަތުގެ މުއައްސަސާތަކުގައި ތިބި ވެރިން ބަނގުރަލާއި އޫރުގެ ފޮޓޯ ނަގައި އެ ގެންގުޅޭ މަންޒަރުވެސް ފާޅުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ އަންނަން އޮތް ޖީލުތަކަށް ދޭ ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށްވެސް ވިދާޅުވިއެވެ. 

އެހެން ނަމަވެސް އެފަދަ ފަރާތްތަކުގެ މައްސަލަތައް ނުބަލައި ފުލުހުންނާއި ޕީޖީން އެކަން ވަންހަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ. 

މިއާއެކު ޝާހު ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ އެތައް ބައެއްގެ މައްޗަށް ކުރެވޭ އިރުވެސް އެކަން ނުބެލޭ ކަމަށާ، އެހެން ކަމުން ހަމަހަމަ ކަމެއް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އޭނާ ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާގެ މައްސަލަ ކުރިއަށްނުގެންގޮސް މަޑުޖައްސާފައި އޮތް އޮތުން ފާހަގަކުރައްވާފައެވެ. 

"މަހުލޫފުގެ މައްޗަށް ހިންގުނު ޝަރީޢަތްތައް ކިހިނެއްތޯވީ، އޭނާގެ އެކައުންޓަށް ލާރި ޖަމާވުމާއި، ޖަމާވި ގޮތް ނުދެއްކުމާއި، އެއީ އެމްއެމްޕީއާރުސީގެ ފައިސާކަން ރަނގަޅަށް ސާފުވާއިރު ކޮން ކަމެއްތޯ ބެލުނީ ކުރެވުނީ؟ ދެން ކޮން ވާހަކައެއްތޯ މި ދައްކަނީ؟،" ޝާހު ސުވާލުކުރެއްވިއެވެ.

ޝާހުގެ އިތުރުން ރައީސް ޔާމީނުގެ ވަކީލު ޝިޔާޒު ވަނީ ރައީސް ޔާމީނުގެ މައްޗަށްކުރާ ދައުވާތަކަކީ ސްކްރީން ޕްލޭއެއްގެ ގޮތަށް ސީންތަކެއް ރާވައިގެން ކުރާ ދައުވާތަކެއް ކަމަށާ، އެ ދައުވާތައް ކުރަނީ މައްސަލައިގެ ކިތާބީ ހެކީގެ ތެރެއިން ދައުލަތުން ބޭނުންވާ އެއްޗެއް ހާމަކޮށް ބޭނުންނުވާ އެއްޗެއް ފޮރުވައިގެން ކަމަށާއި، ފޮރުވާފައި ހުންނަ ކަންކަމާއި ތަކެތި ހާމަވަނީ މުޅިންވެސް ޝަރީޢަތުގެ މަރުހަލާގައި ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ