Advertisement

ދެ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފި

ފޮޓޯ/ޖޭއެސްސީީ

ދ. ކުޑަހުވަދޫ އަދި ށ. ފުނަދޫގައި ހުންނަ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރައްވައިފިއެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަންގައި، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުޑަހުވަދޫ ކޯޓަށް އައްޔަނުކުރި އަލްއުސްތާޛު ޔާސިރާއި، ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރި އަލްއުސްތާޛު އިބްރާހިމް ނައީމަށް ވަނީ ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އަދި އެ ދެ ބޭފުޅުން ވަނީ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފައެވެ.

އެ ދެ ބޭފުޅުންނަށް ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.

Advertisement

ކުޑަހުވަދޫ ކޯޓަށް އައްޔަނުކުރި އަލްއުސްތާޛު ޔާސިރު މުޙައްމަދު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. ތިން އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ، އަލްއުސްތާޛް ޔާސިރު މުޙައްމަދު މިހާތަަނަށް ހުންނެވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައެވެ.

އަދި ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރި އަލްއުސްތާޛު އިބްރާހިމް ނަޢީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ އަދި ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. ފަސް އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ އަލްއުސްތާޛް އިބްރާހީމް ނަޢީމް މިހާތަނަށް ހުންނެވީ ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައެވެ.

Advertisement

ކޮމެންޓް