ސޯލާ ޕެނަލް
ހަބަރު
06 Dec 2022 | 12:27
އިޢާދަކުރަނިވި ހަކަތައިގެ އިންވެސްޓްމެންޓްސްތަކާއި ގުޅޭ ކޮންފަރެންސެއް ބާއްވަނީ

މޯލްޑިވްސް ރިސޯޓް ކޮންސްޓްރަކްޝަން (އެމް.އާރް.ސީ) އިން އިންތިޒާމްކޮށްގެން، ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓްމަންޓްތަށް އިތުރުކުރުމަށް؛ ކެނޭޑިއަން ސޯލާރ، ނެކްސަން އެނާރޖީ އަދި ރިޕޯސްޓްރަން އާއި ގުޅިގެން ޚާއްޞަ ކޮންފަރެންސްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

އެމް.އާރް.ސީ އިން ވިދާޅުވީ މިކުންފުނިތަކަކީ އިޢާދަކުރަނިވި ހަކަތަ އުފައްދާ ޤާއިމް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުނިތަކެއް ކަމަށެވެ.

މޯލްޑިވްސް ރިސޯޓް ކޮންސްޓަރަކްޝަން އަކީ ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ރިސޯޓް ތަރައްޤީކުރުމުގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. އަދި އެމް.އާރް.ސީ އިން ފާހަގަކުރީ މިކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ހުރި ފުރުސަތުތައް ދެނަގަނެ އެ މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކާއި ގުޅިގެން އިޢާދަކުރަނިވި ޙަކަތަ އުފެއްދުމުގެ މަޝްރޫއުތަކަށް އިންވެސްޓްކުރުމެވެ.

މޯލްޑިވްސް ރިސޯޓް ކޮންސްޓަރަކްޝަންގެ އޮފިޝަލުން ވިދާޅުވީ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 8 ޑިސެންބަރ 2022 ވާ ބުރާސްފަތި ދުވަހު ހެދުނުން ހަވީރަށް މީރުމާ ކޮންފަރަންސް މާލަމުގައިއެވެ. އަދި މިކޮންފަރެންސްގައި ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރިސޯޓް އަދި ގެސްހައުސް ދާއިރާގެ އިސްވެރިން ބައިވެރިވެ ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ.

އަދި މި ކޮންފަރެންސާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 9901775 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ އެކުންފުނީގެ އީމެއިލް [email protected] ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވުމަށް އެކުންފުނިން އެދިވަޑައިގަންނަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.