ވިޔަފާރި
06 Dec 2022 | 21:33
އުރީދޫއާ ގުޅިގެން ބޭއްވި މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް ނިންމާލައިފި

މިޝަން ފޯ މައިގްރެންޓް ވޯކަރސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން ބާއްވާ 2 ވަނަ މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލް ނިންމާލައިފިއެވެ.

އެމްއެމްޑަބްލިއުއެމް އިން އުރީދޫ މޯލްޑިވްސްއާ ގުޅިގެން މި އަހަރުގެ ކްރިކެޓް ކާނިވަލްގައި ހެލްތު ކޭމްޕަކާއި ލީގަލް އެވޭރެންސް ކޭމްޕެއް ވެސް ހިމަނާފައިވެއެވެ. ކްރިކެޓް ކާނިވަލް އެއްދުވަހުގެ މުބާރާތެއްގެ ގޮތުގައި 3 ޑިސެމްބަރު 2022 ވީ ހުކުރު ދުވަހު ބޭއްވިއިރު، މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ ސްރީ މުނޫ މަހާވަރު، ހައިކޮމިޝަނަރ އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ، ހިޒް އެކްސެލެންސީ އޭ.އެމް.ޖޭ ޞާދިޤު، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، އަލްފާޟިލް ހުސައިން ނިޔާޒް އަދި އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ސަޗިން ސަރްނާ ބައިވެރިވެވަޑައިގަތެވެ.  

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދިޔަ، 20 ޓީމު ބައިވެރިވި ކްރިކެޓް މުބާރާތް ކާމިޔާބުކުރީ ފްރެންޑްސް ކްލަބް ބަންގްލަދޭޝް، ޔުނިޓީ ކްރިކެޓް ކްލަބާ ދެކޮޅަށް ކުޅުނު ފޯރިގަދަ ފައިނަލް މެޗަކުންނެވެ. އަދި މުބާރާތުގެ އެންމެ މޮޅު ބެޓަރާއި ފީލްޑަރ އަދި ބޯލަރަށް ވެސް އެވޯޑްވެސް ވަނީ ދީފައެވެ. އެކުވެނީ ކްރިކެޓް ދަނޑުގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ އޭއެމްޖޭ ސާދިގު، ޕާކިސްތާނުގެ ހައިކޮމިޝަނަރު ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް މުހައްމަދު ފަޔާޒް، ހައިކޮމިޝަނަރު އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝް، ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް އަބުލް ކަލާމް އަޒާދު، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަލްފާޟިލް ހުސައިން ނިޔާޒު އަދި އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، ސަޗިން ސަރްނާގެ އިތުރުން ޕާޓްނަރ އޯގަނައިޒޭޝަންތަކުގެ މަންދޫބުންނެވެ. 

މި އަހަރުގެ ކްރިކެޓް ކާނިވަލް ވެސް ކުރިއަށް ގެންދިއުމުގައި މި އިވެންޓުގެ މައި ޕާޓްނަރު އުރީދޫ މޯލްޑިވްސް އިން ދެއްވި ބޮޑު އެއްބާރުލުމަކަށް އެމްއެމްޑަބްލިއުއެމް އިން ޝުކުރު އަދާކުރެ އެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންނަށް ކްރިކެޓް މުބާރާތް ކުރިއަށް ގެންދިއުމުގައި، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ލިބުނު ޚާއްޞަ އެހީތެރިކަން އެމްއެމްޑަބްލިއުއެމްއިން ފާހަގަކުރެއެވެ.

ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމް އިން ޑަބްލިއުއެޗްއޯ މޯލްޑިވްސް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން، މެޑިކޯސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ލައިފް ސަޕޯޓާ ގުޅިގެން ހެލްތު ކޭމްޕެއް މެދުވެރިކޮށް ހިލޭ މެޑިކަލް ސްކްރީނިން ކުރިއަށް ގެންދިޔައިރު، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރ، އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން އެންޑް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ބޭއްވި ލީގަލް އެންޑް އެވޭރެންސް ކޭމްޕެއް މެދުވެރިކޮށް، ކާނިވަލް ބާއްވި ވަގުތު އެކި ކަންކަމުގައި ބިދޭސީ މަސައްކަތްތެރިންނަށް ހޭލުންތެރިކަން ފޯރުކޮށްދިނެވެ

މީގެ އިތުރުން އެމްއެމްޑަބްލިއުއެމް އިން ވަނީ އަހަރަކު އެއްފަހަރު ބާއްވާ މި އިވެންޓް ބައިވެރިންނަށް ހާއްސަކޮށްދިނުމުގައި އޭސް ޓްރެވަލްސް މޯލްޑިވްސް އިން ފޯރުކޮށްދޭ އެހީތެރިކަމަށް އަލިއަޅުވާލާ އަގުވަޒަންކޮށްފައެވެ. މީގެ އިތުރުން ބުއިންތަކާއި ފަސްޓް އެއިޑް އެސިސްޓެންސް އަދި މީޑިއާ އެންޑް ފޮޓޯގްރަފީގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހެޕީ މާކެޓް، މޯލްޑިވިއަން ރެޑް ކްރެސެންޓް އަދި ވަން އޮންލައިން އިން ވެދެއްވި އެހީތެރިކަމަށްޓަކައި އެމްއެމްޑަބްލިއުއެމް އިން އެކަން ފާހަގަ ކޮށް ޝުކުރު އަދާކުރިއެވެ.

މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ކާނިވަލެކެވެ. ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަޤްސަދުގައި އުފެއްދި ޖަމިއްޔާއެއްގެ ގޮތުގައި ކްރިކެޓް ކާނިވަލަކީ ޖަމްޢިއްޔާއަށް 2 އަހަރު ފުރުން ފާހަގަކުރާ އެމްއެމްޑަބްލިއުއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގައި ބިދޭސީ މަސައްކަތްތެރިން ހިމެނޭ ގޮތަށް ބާއްވާ ޚާއްސަ ހަރަކާތެއްވެސް މެއެވެ. 

އެމްއެމްޑަބްލިއުއެމް އިން އުންމީދު ކުރަނީ މުޖުތަމަޢުގައި ބިދޭސި މަސައްކަތްތެރިންގެ ބައިވެރިވުން އިތުރުކުރުމަށް މިފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތައް ވީހާވެސް ގިނައިން އިންތިޒާމު ކުރަމުން ގެންދިއުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.