ތިލަފުށީ ފަޅުތެރެ/ ފޮޓޯ: ޕީއެސްއެމް
ހަބަރު
07 Dec 2022 | 12:44
ތިލަފުށީ ފަޅުގައި ހުރި އުޅަނދުތައް ނަގަން ކޯޓު އަމުރެއް ބޭނުމެއް ނުވާނެ: ސިވިލް ކޯޓު

ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅނަދުތަކާއި، އެ ފަޅަށް ފެތިފައިވާ އުޅނަދުތައް ނަގައި އެތަކެތި ނައްތާލުމުގެ ހައްގު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިގެންވާކަމަށް ޝަރީއަތުން ކަނޑައަޅަން ޖެހޭ ސަބަބެއް ނެތްކަމަށް ސިވިލް ކޯޓުން ބުނެފިއެވެ. 

ތިލަފުށީ ފަޅުގައި އަޅާފައިހުރި އުޅަނދުތައް ނެގުމަށް އަންގައި އެޗްޑީސީން ވަނީ މީގެ ކުރިން ފަސް ފަހަރު އިއުލާނު ކޮށްފައެވެ.

އެތައް ފަހަރަކު އިއުލާނު ކުރުމުން ވެސް އުޅަނދުތައް ނަގާފައިނުވާތީ އެޗްޑީސީން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައެވެ. އެޗްޑީސީއިން ކޯޓުގައި އެދިފައިވަނީ ތިލަފުށީ ފަޅުގައި އަޅާފައިވާ އަދި އެ ފަޅަށް ފެތިފައިވާ އުޅަނދުތައް ނަގައި ނައްތާލުމުގެ ހައްގު އެ ކޯޕަރޭޝަނަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށެވެ. 

އެ މައްސަލައާއި ގުޅިގެން ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނޑުތަކާއި، އެ ފަޅަށް ފެތިފައިވާ އުޅަނދުތައް ނަގައި ފަޅު ހުސްކުރުމަށް އެޗްޑީސީއަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަމަށެވެ.

އަދި އެ އުޅަނދުތައް ނައްތާލުމާއި ގުޅޭގޮތުން ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއްވެސް އެޗްޑީސީއަށް ދެއްކިފައި ނުވާކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.