އެމްއާރްއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން — ފޮޓޯ: ދެން
ހަބަރު
07 Dec 2022 | 13:32
ޕާޓީއެއް ތެރެއިން ނޫނީ ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު މިހާރަކު ނެތް: ފާރިސް

ޕާޓީއެއް ތެރެއިން ނޫނީ ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު މިހާރު ނެތް ކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނާއި އެކު ރާއްޖޭގެ ސިޔާސީ މަސްރަހު ހުރި މިސްރާބާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާތަކާއި ބައްދަލު ކުރައްވައި ފާރިސް ވިދާޅުވީ، ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް ހަރަކާތްތެރި ވި ނަމަވެސް ވޯޓު ލެވޭ ޒުވާން އުމުރުގެ ގިނަ މީހުންނަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށެވެ. އަދި އެފަދައިން ކަންވަނީ ސިޔާސީ ކަންކަން ހިނގާ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"ޕާޓީ ތަކުގެ ތެރެއިން ނޫން ގޮތަކަށް ގައުމަށް ޚިދުމަތް ކުރެވޭނެ މަގު މިހާރު ހުޅުވިފައި ނެތަތީވެ ގައުމަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެގެންދާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރައްޔިތުންގެ ތެރޭގައި އެބަތިބި ވަރަށް ގަދީމީ، ވަރަށް ގާބިލް ކަމަށް އެކަށީގެންވާ މީހުން. ދައުލަތުގެ ކަންކަން ނިންމަންތިވޭ އެންމެ އިސް މީހުންނަށް، އެންމެ އިސްފަރާތަކަށް ވާންޖެހޭނީ ގައުމުގެ އެންމެ ގާބިލް މީހުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ." ފާރިސް ވިދާޅުވިއެވެ. 

ކަން މިހެން ހުރި ނަމަވެސް ސިޔާސީ ކަންކަމުގެ ސަގާފަތް މިހާރު އޮތް ގޮތުން ކަންކަމަށް ގާބިލް ގިނަ ބަޔަކުވަނީ ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތުން މަހުރޫމްވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، އެހެންވީމަ ސިޔާސީ ޕާޓީތަކާއި އެކު، ނުވަތަ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ބޭނުން ނުވާ މީހުންނަށް ވެސް ގައުމަށް ޚިދުމަތް ކުރެވޭނެ މަގެއް ހޯދުމަށް އެމްއާރުއެމުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއާއެކު ފާރިސް ވިދާޅުވީ، މިއަދު ކުރިއެރުމެއް ނުވަތަ ވަޒީފާއެއް ލިބެން އޮތީ ސިޔާސީ ޕާޓީއަކާއި ގުޅިގެންކަމަށް ގިނަ ބައެއްގެ ވިސްނުމަށް އަންނަން ފަށާފައިވާކަމަށާ، ބައެއް މީހުން ވަރަށް ފާޅުގައި އިންތިޒާމުތައް ހަމަޖެހޭނީ ވަކި ޕާޓީއަކާއި ގުޅިގެންކަމަށް ބުނާތަންވެސް ފެންނަމުންދާ ކަމަށެވެ.

"ތިމަންނަމެން ޕާޓީ މީހުންނަށް އެކަންޏޭ ވަޒީފާއެއް ލިބޭނީ… ތިމަންނަމެން ޕާޓީ މީހުންނަށް އެކަންޏޭ ސްކޮލަޝިޕެއް ލިބޭނީ.. ތިމަންނައަށޭ ދައުލަތުގެ ކޮންޓްރެކްޓެއް ލިބޭނީ… ވަކިކަމެއް ވާނީ ޕާޓީއަށް ސޮއި ކުރީމައޭ.. ނޫނީ ވަކި އަދަދަކަށް ފޯމު ގެނައީމައޭ.. މިކަހަލަ އުސޫލެއް ގާއިމުވެ، މި ނޫން ގޮތަކަށް ކަން ނުހިނގާނެކަމަށް މީހުން ގަބޫލު ކުރަން ފަށައިފި" ފާރިސް ވިދާޅުވިއެވެ. 

މިފަދައިން ކަން ހުރުމުން، ހިމާޔަތް ކުރެވެނީ ސިޔާސީ މީހުން އެކަނި ކަން ފާހަގަކުރައްވައި ފާރިސް ވަނީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތް ދިނުމުގެ ވިސްނުން ބެހެއްޓުމަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.