ރާއްޖޭގައި އިސްލާމް ވި އިނގިރޭސިވިލާތުގެ ޒުވާނާ ( މެދުތެރޭގައި)
ހަބަރު
08 Dec 2022 | 12:00
އިނގިރޭސި ވިލާތުގެ ޒުވާނެއް ރާއްޖޭގައި އިސްލާމް ވިކަން އިއުލާން ކޮށްފި

އިނގިރޭސިވިލާތުގެ ޒުވާނަކު ރާއްޖޭގައި އިސްލާމް ދީން ގަބޫލުކޮށް އެކަން އިއުލާން ކޮށްފިއެވެ. 

އިނގިރޭސިވިލާތަށް ނިސްބަތްވާ، އުމުރުން 25 އަހަރުގެ ރޮބާޓް ކަލެބް ސްޓްރޭން ނަމަކަށް ކިޔާ އެ ޒުވާނާ އިސްލާމްދީން ގަބޫލު ކުރިކަން އަންގައި އެކަމާއި ގުޅޭ ސެޓްފިކެޓް އެއް އިސްލާމިކް މިނިސްޓްރީން ވަނީ އޭނާއާއި ހަވާލުކޮށްފައެވެ.

އެ ސެޓްފިކެޓުގައިވާގޮތުން އޭނާ އިސްލާމް ދީން ގަބޫލުކޮށްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި އޭގައި ވާގޮތުން އޭނާ ވަނީ އިސްލާމް ދީން ގަބޫލުކޮށް، އިސްލާމްވުމުގެ ގޮތުން ޝަހާދަތް ކިޔައި، ޝަހާދަތުގެ ދެ ކަލިމަވެސް ކިޔައި ހިތުން އެކަން ގަބޫލުކޮށްފައެވެ.

މީގެ އިތުރުން ރޮބާޓް އިސްލާމްވެ ވެފައިވަނީ ދެ މީހެއްގެ ކުރިމަތީގައި ކަމަށް ވެސް އޭގައި ބުނެފައިވެއެވެ.

ރޮބާޓް އިސްލާމް ވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވަނީ އޭނާއާއި ބައްދަލުކުރަށްވާ މަރުހަބާ ވިދާޅުވެފައެވެ.

ރޮބާޓް ކަލެބް އިސްލާމް ވުމަށް ފަހު އޭނާގެ ނަން ވަނީ އުމަރުއަށް ބަދަލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.
12 Aug 2026
އެއިމްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Aug 2026
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް ހުޅުވައިފި
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް "އެއިމް" ރަސްމީކޮށް އިފްތިތާޙުކޮށް، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.